"ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ." ޙަދީޘްފުޅުގެ މާނަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
"ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ." ޙަދީޘްފުޅުގެ މާނަ-

ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް

އަބޫ މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.

»الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ« [رواه البخاري (4008)، ومسلم (807)]

މާނައީ: "ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެކަން ފުދިގެން ވެއެވެ."

މި ޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.

"ބުނެވެއެވެ. ޙަދީޘްގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައިވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުން ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައިވެސް ވެދާނެއެވެ."

[شرح مسلم للنووي (6/ 92)]

----އަލްއަޚް ނަޡީމް ނިޡާމްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން