މިއާޔަތުގަ މިވަނީ އަހުރެމެންގެ ވާހަކަހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 52ސ
މިއާޔަތުގަ މިވަނީ އަހުރެމެންގެ ވާހަކަހެއްޔެވެ؟

ފަހުން އަންނަބަޔަކު ނަމާދުއަޅާ ޝަޙުވަތަށް ތަބާވާނެކަމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا﴾ [مريم:٥٩]

މާނައީ: "ފަހެ،އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދަށް ފަރުވާކުޑަކުރޫއެވެ. އަދި ޝަޙުވަތަށް ތަބާވޫއެވެ. ފަހެ، ނިކަންހުރެއެއުރެން ޣައްޔައަށް އެއްލާލެވޭނެއެވެ."

އިސްވެއެދިޔަ އާޔަތުގައިއެވާ ފަހުންއަންނަ މީހުންނަކީ ކޮންބައެއްބާވައެވެ. އަޅުގަނޑުމެންގެ ވާހަކަބާވައެވެ. އަޅުގަނޑުމެންގެ ތެރެއިން ނަމާދުއަޅާފައި ކުޅިވަރާ މަޖަލުގައި ހޭދަކުރަނީ ކިތައްކިތައް މީހުންބާވައެވެ. ނަމާދުއަޅާފައި ވަޒީފާތަކާއި އެހެނިހެން ކަންކަމުގައި މަޝްޣޫލުވަނީ ކިތައްކިތައްމީހުންބާވައެވެ.

ޤިޔާމަތްދުވަހުގައި ﷲގެ ޙަޟްރަތުގައި ފައިސަލާކޮށްނިމި، ސުވަރުގެވަންތަވެރިން ސުވަރުގެއަށް، ނަރަކަވަންތަވެރިން ނަރަކައަށް ވެއްދޭނެއެވެ. ސުވަރުގެވަންތަވެރިންނަށް އެދުވަހުގައި އެމީހުންނާ އެކުގައި، ދުނިޔޭގެ ޙަޔާތް ވޭތުކުރިބަޔަކު ނަރަކައިގެ ތެރޭގައިވަނިކޮށް ފެންނާނެއެވެ. އެހިނދު ސުވަރުގެ ވަންތަވެރިން އެބައިމީހުންނަށް ނަރަކައަށް ވަންނަންޖެހުނީ ކީއްވެކަމާމެދު ސުވާލުކުރާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فِي جَنَّاتٍ يَتَسَاءَلُونَ * عَنِ الْمُجْرِ‌مِينَ * مَا سَلَكَكُمْ فِي سَقَرَ‌ * قَالُوا لَمْ نَكُ مِنَ الْمُصَلِّينَ *وَلَمْ نَكُ نُطْعِمُ الْمِسْكِينَ * وَكُنَّا نَخُوضُ مَعَ الْخَائِضِينَ﴾ [المدثر: ٤٠-٤٥]

މާނައީ: "ސުވަރުގޭގެ ނިޢުމަތްތަކުގައިވާ ޙާލު ސުވަރުގެވަންތަވެރިން ކުށްވެރިންނާ ސުވާލުކުރާނެއެވެ. ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު އަހަރެމެން ނުވަމުއެވެ.އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ.އަދި ބާޠިލް ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލް ވާހަކަ ދައްކައި އުޅުނީމުއެވެ."

އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ދުނިޔެމަތީގައި ސަލާމަތުން ތިބިއިރި ﷲ އަށް ރުކޫޢުކޮށް ސުޖޫދުކުރުމަށް އަވަސްވެގަންނާށެވެ. ޤިޔާމަތްދުވަހު އެންމެހާ މީސްތަކުންނަށް އެއިލާހަށް ސަޖިދަކުރުމަށް ގޮވާލެވޭނެއެވެ. އެދުވަހަގައި ދުނިޔެމަތީގައި ސަޖިދަނުކޮށް އެކަމަށް ކަންނެތްވެގަތްމީހުނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. އެހެންކަމުން ސަލާމަތުން ތިބި ވަގުތުގައި އެކަމަށް އަވެސް ގަންނާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴿٤٢﴾خَاشِعَةً أَبْصَارُ‌هُمْ تَرْ‌هَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ ﴿٤٣﴾[القلم: ٤٢-٤٣]

މާނައީ: "ﷲ ތަޢާލާގެ ކަށިމަތިފުޅު ކަޝްފުކުރައްވާދުވަހު ސަޖިދަކުރުމަށް އެބައިމީހުންނަށް ގޮވާލެވޭނެއެވެ. ދެންފަހެ އެބައިމީހުންނަށް އެކަމަކަށް ކުޅަދާނަވެގެންނުވާނެތެވެ.[42] އެބައިމީހުންތިބޭހުށީ އެބައިމީހުންގެ ލޯތައް ތިރިވެ، އެބައިމީހުންގެ މައްޗަށް ނިކަމެތިކަންވެރިވެފައެވެ. ހަމަކަށަވަރުން، އެބައިމީހުންނަށް ސަލާމަތުން ތިބިއިރު، ސަޖިދަކުރުމަށް ގޮވައިލައްވާކަމުގައިވިއެވެ."

ر‌ب اجعلني مقيم الصّلاة ومن ذرّ‌يّتي ر‌بّنا وتقبّلْ دعاء

وصلى الله عليه وسلم على سيدنا محمد وعلى آله وصحبه وسلم.

--އަލްއަޚް އަޫ ފުޟައިލް މުއުުތަމިން އަޙްމަދުގެ ލިޔުއްވުމަކުން

މިއަދު އޮންލައިން