އިންޑިއާގައި ތިބި ހުރިހާ މުސްލިމުން މަރައި ހުސްކުރަން ފައުޅުގައި ގޮވާލުމުން ދުނިޔޭގެ އެހީތޔެރިކަމަށް މުސްލިމުން އެދެން ފަށައިފިއެވެ. އަދި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެންނަން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ މުސްލިމް ޖަމާއަތްތަކުން ގެންދަނީ މިޔަންމާގައި މުސްލިމުންގެ ނަސްލު ނައްތާލަން ހިންގި ފަދަ އަނިޔާވެރި ޢަމަލުތަކެއް އިންޑިއާގައި ތިބި މުސްލިމުންނާއި ދެކޮޅަށް ހިންގައިފާނެ ކަމުގެ ބިރު އެބައޮތްކަން މުސްލިމް ލީޑަރުންގެ ސަމާލުކަމަށް ގެންނަމުންނެވެ.
ހިންދޫންނަކީ އެމީހުންގެ ކަލާނގެ އެތަނެއްގައި މަޑުކުރިކަމަށް އެމީހުން ޤަބޫލުކުރާ ކޮންމެ ތަނެއްގައި ފައްޅިއެއް އަޅަން ބޭނުންވާ ބައެކެވެ. ބާބްރީ މަސްޖިދުގެ މައްސަލައަކީވެސް އެފަދަ މައްސަލައެކެވެ. އަދި އެނޫންވެސް އެފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.
ގުޅުންހުރި ވީޑިއޯ: