ތިބާ ހިމެނެނީ އިބިލީސް އެންމެ ރުޅިއަންނަ މީހުންގެތެރޭގަ ހެއްޔެވެ؟ ނޫނީ އިބިލީހުގެ އެންމެ ގާތް މިތުރުންގެ ތެރޭގަ ހެއްޔެވެ؟ އަވަހަށް ޗެކްކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިބާ ހިމެނެނީ އިބިލީސް އެންމެ ރުޅިއަންނަ މީހުންގެތެރޭގަ ހެއްޔެވެ؟ ނޫނީ އިބިލީހުގެ އެންމެ ގާތް މިތުރުންގެ ތެރޭގަ ހެއްޔެވެ؟ އަވަހަށް ޗެކްކޮށްލާށެވެ!

ރަސޫލް (ﷺ)އަށްފަހު އިބިލީސް އެންމެ ރުޅިއަންނަ މީހުން އެނގޭ ހެއްޔެވެ؟ އެއިގެ ތެރޭގައި 15 ބާވަތެއްގެ މީހުން ހިމެނެއެވެ.

އެމީހުންނަކީ:

1 ﷲ އަށް ބިރުވެތިވެ ފާހިޝް އަމަލުތައް ނުކުރާ ޒުވާނުން

2 ލިބިފައިވާ ޢިލްމަށް އަމަލުކުރާ މީހުންނާއި ޝައްކު އުފެދޭ ކަންކަމުން ދުރުހެލިވެ ތިބޭ މީހުން

3 ހިނައި ޠާހިރުވެ ވުޟޫމަތީގައި ތިބޭ މީހުން

4 އަތްމަތި ދަތިވި ނަމަވެސް ފުއްދާލައި، ސަލާން ނުޖަހައި ދިރިއުޅޭ މީހުން

5 ﷲ އަށް ޝުކުރުވެރިވެ ޞަދަޤާތްކޮށް ޒަކާތް ދައްކާ މީހުން

6 އިސްލާމް ދީނާއިމެދު ޝައްކު އުފެދޭ އެއްވެސް ކަމެއް ނުކޮށް ދުރުހެލިވެގެން ތިބޭ މީހުން

7 ތަޖްވީދުމަގުން، މާނައަށް ވިސްނައިގެން ކީރިތި ޤްރްއާން ކިޔަވާ މީހުން

8 ވަގުތަށް ބަންގި ގޮވާ އިމާމުން

9 ހެޔޮ ނަޞޭޙަތް ދޭ މީހުންނާއި ކަންކަން އިސްލާމްދީނުގައިވާ މަގުން އިޞްލާޙްކުރަން މަސައްކަތްކުރާ މީހުން

10 ﷲ ޙަރާމް ކުރެއްވެވި ތަކެތި ނުކައި ނުބޯ މީހުން

11 ﷲ އަށް ވަކީލްކޮށް އިތުބާރުކުރާ މީހުން

12 ފަޤީރުންނަށް އެހީވާ މީހުން

13 އަވަދި ނެތި އަޅުކަން ކުރާ މީހުން (މީގެތެރޭގައި ޤަވާއިދުން ނަމާދުކުރާ މީހުންނާއި ގިނަގިނައިން އަޅުކަން ކުރާ މީހުން ހިމެނެއެވެ.)

14 ކީރިތި ޤްރްޢާނާއި ސުންނަތުގައި ބަޔާން ވެގެންވާ ގޮތަށް މެނުވީ އެއްވެސް ކަމެއް ނުކުރާ މީހުން

15 ކީރިތި ޤްރްއާނާއި ސުންނަތުގައި ކަމެއް ކުރަން ބަޔާންވެގެންވާނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަމެއް ކުރާ މީހުން

އިބިލީސް އެންމެ ލޯބިވާ ރަޙްމަތްތެރިންގެ ތެރޭގައި 10 ބާވަތެއްގެ މީހުން ހިމެނެއެވެ. އެއީ:

1 ޢަދުލަސް ޙޫކުމް ނުކުރާ ފަނޑިޔާރުން

2 ޖައްބާރު މުއްސަނދިން

3 ވިޔަފާރީގައި މަކަރުހަދާ މީހުން

4 ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން

5 ރަޙިމުގެ ގުޅުން ކަނޑާ މީހުން

6 ޚިޔާނާތްތެރި ޑީލްތައް ހަދާ މީހުން

7 މިސްކީނުންނާއި ޔަތީމުންގެ ޙައޤުތައް ފޭރިގަނެ އެތަކެތި ބޭނުންކުރާ މީހުން

8 ނަމާދަށް ފަރުވާކުޑަކުރާ މީހުން

9 ޞަދަޤާތް ނުދޭމީހުން

10 ކަންދައްކައި އިސްރާފުކުރާ މީހުން، ބޮޑާ ކިބުރުވެރިން

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިތަނުން އެމީހަކު ބޭނުން ކޮންމެ ބައެއްގައިވެސް ހިމެނިދާނެއެވެ. އެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެނގޭ ކަމަކީ އިބިލީހުގެ މިތުރަކަސް ވެއްޖެ ނަމަ ދާންޖެހޭނީ ނަރަކައަށް ކަމެވެ. ސުވަރުގެ ލިބޭނީ އިބިލީސް އެންމެ ރުޅިއަންނަ މީހުންގެ ތެރޭގައި ހިމެނިގެން ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން