އެކުވެރިޔާގެ ދިފާޢުގަ ޙައްޤުބަސް ބުނެގެން ސުވަރުގެ ވަދެވެން އޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެކުވެރިޔާގެ ދިފާޢުގަ ޙައްޤުބަސް ބުނެގެން ސުވަރުގެ ވަދެވެން އޮތްކަން އެނގޭތަ؟

قال رسول الله ﷺ: من ذبَّ عن عرض أخيه بالغِيبة، كان حقًّا على الله أن يعتقه من النَّار

"ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: އަޚާ ނެތްތަނުގައި އޭނާގެ އަބުރަށް އަރައިގަނެވޭ ހިނދު، އަޚާ ދިފާޢުކޮށްދީފި މީހާ ނަރަކައިން މުއްތިކުރެއްވުން الله ގެ ޛާތުފުޅަށް ޙައްޤުވެއްޖެއެވެ".

(رواه أحمد)

- ޝައިޚް މުޙައްމަދު ޝިފާން

(އެއްވެސް ޙާލެއްގައި މިޙަދީޘްފުޅުގައި އެވަނީ ޙައްޤު ނޫން ބަސްބުނެގެން ދިފާޢުކުރަން މަސައްކަތްކުރުމެއް ނޫނެވެ. ކޮންމެ ޙާލެއްގައިވެސް ބުނަން ޖެހޭ ޙައްޤުބަހެވެ. މިސާލަކަށް މީހަކު ކަމެއް ކޮށްފައިވާނަމަ އޭނާ ކުރި ކަންތައް ނުކުރާކަމަށް ހަދަން މަސައްކަތްކުރުމެއް ނެތެވެ.

ހަމައެއާއިއެކު ތިމާ ރުހޭ މީހާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް އެއީ ކުށެއްކަމަށް ޤަބޫލުނުކޮށް އޭނާގެ ދިފާޢުގައި ވާހަކަދެއްކުމެއްވެސް ނެތެވެ. އޭނާ ކުރީ ކުށެއް ނަމަ އެކަން ޤަބޫލުކުރާށެވެ. އަދި އެމީހަކު ރަނގަޅު ކަންކަން ކޮށްފައިވާނަމަ އެކަންކަމުގެ ވާހަކަދެއްކިދާނެއެވެ.)

މިއަދު އޮންލައިން