"ތިބާގެ ޙަޤީޤީ އަޚާއަކީ ތިބާއަށް ލިބެން އަންނަ އަނިޔާއިން ތިބާ ސަލާމަތް ކުރުމަށް އެމީހާގެ ނަފްސް ޤްރްބާންކުރަން ތައްޔާރަށް ހުންނަ މީހާއެވެ. އަދި ތިބާއަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެ މުޞީބާތުން ތިބާ ސަލާމަތްކުރަން މަސައްކަތް ކުރުމުން އެމީހަކަށް އަނިޔާ އާއި ގެއްލުން ލިބުނު ނަމަވެސް ތިބާ ސަލާމަތްކުރަން ކުރިމަތިލާމީހާއެވެ."
--ޢަލީގެފާނުގެ ބަސްފުޅަކުން
ތިބާއަށް މިފަދަ އަޚެއް ލިބިފައިވާނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެފަދަ އަޚުންނަކީ މިހާރު ވަރަށް މަދުބައެކެވެ. ގިނަ އެކުވެރިން މިއަދު އަޚާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ޖެހިލުމެއް ނުވެއެވެ. އެކުވެރިޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވެ ވަރިކުރުވަން ޖެހިލުމެއް ނުވެއެވެ.
ގިނަ އެކުވެރިންނަކީ ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަނަމަވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް އިންތިހާއަށް ބޮޑުކޮށްލައިގެންވެސް ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނެވެ، ވީމާ މިއީ މިއަދު އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ،