އިޚްލާޞް، އަލްފަލަޤް، އައްނާސް 3 ސޫރަތުން ރުޤްޔާ ކުރުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިޚްލާޞް، އަލްފަލަޤް، އައްނާސް 3 ސޫރަތުން ރުޤްޔާ ކުރުން

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު އަހުލުންގެ ތެރެއިން ބޭކަލަކު ބަލިވެއްޖެ ކަމުގައިވާނަމަ، معوِّذات ކިޔެވުމަށްފަހު(އެބަހީ:  قل هو الله أحد }{ قل أعوذ برب الفلق } { قل أعوذ برب الناس }) ފުމެލައްވައެވެ. ދެންފަހެ އެކަލޭގެފާނުގެ އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ތިމަންކަމަނާ ކިޔަވާފައި އެކަލޭގެފާނުގެ އަތްޕުޅަށް ފުމުމަށްފަހު، އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނުގެ ގައިގައި ބީއްސެވީމެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅުގެ ބަރަކާތްތެރިކަމުގެ ބޮޑުކަމަަށްޓަކައެވެ. [رواه البخاري] 

ނޯޓު: މިއަޘަރުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ: نفث ކުރުމެވެ. نفثކުރުމަކީ: އަނގައިންފުމުމެވެ. التفلއާއި نفثގެ ތަފާތަކީ التفلކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفثކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. {ބައްލަވާ تاجالعروسمنجواهرالقاموس}

- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު

މިއަދު އޮންލައިން