ތިބާ ކޮންމެހެން ކުރަން ޖެހޭ ކަންކަމަށް ވަގުތު ދޭށެވެ. ދުނިޔެއާއި އާޚިރަތަށް މަންފާކުރާނޭ ކަންކަމަށް ވަގުތު ދޭށެވެ. އެއިރުން ބޭކާރު ކުރާނެ ވަގުތެއް ނޯންނާނެއެވެ. އެއިރުން އެހެން މީހުން ކުރާ ބޭކާރު ކަންކަމަށް ސަމާލުކަން ދީ އެ ކަންކަމަށް ދޭނެ ވަގުތެއް ތިބާ އަތަކު ނޯންނާނެއެވެ.
ތިބާއަކީ ތިބާގެ އަމިއްލަ ޕްލޭނެއް އޮންނަ މީހަކަށް ވާށެވެ. ތިބާއަށް އެންމެ ފައިދާ ހުރީ ތިބާގެ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަންކަމުގައި މަޝްޣޫލުވެ އުޅުމުގައެވެ.
ޙަދީޘުގައިވެއެވެ. "ތިމާއާ ނުބެހޭ ކަންކަމުން ދުރުވެ ހުރުމަކީ އިސްލާމްކަމުގެ އެންމެ ރީތި ސިފައެވެ."
- ޝެއިޚް ޝަފީޢު ޢަބްދުﷲ -