މާޔޫސްބަލި ތިބާދެކެ ބިރު ނުގެންފާނެއެވެ! ނަމަވެސް ޖެހިލުންވެ ތިބާގެ ކިބައިން ފިލައިގެންދާނެ ޢަމަލު އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާޔޫސްބަލި ތިބާދެކެ ބިރު ނުގެންފާނެއެވެ! ނަމަވެސް ޖެހިލުންވެ ތިބާގެ ކިބައިން ފިލައިގެންދާނެ ޢަމަލު އެބައޮތެވެ!

މިހަރަކަށް އައިސް ބައެއް މީހުން ބުނާ ގޮތުގައި އެންމެ ގިނަ ބައަކަށް ޖެހިފައިވަނީ މާޔޫސްބައްޔެވެ. އެބަލި ޖެހިފައިވާ އެންމެން ފަރުވާ ހޯދަން ހޮސްޕިޓަލްތަކަށްދާނަމަ ހޮސްޕިތަލްތައް އޮންނާނީ ފުރިފައެވެ. 

ދަންނަވަންތޯއެވެ! މާޔޫސްބަލި ތިބާ ދެކެ ބިރުނުގެންފާނެއެވެ. ނަމަވެސް މާޔޫސް ބަލި ޖެހިލުންވެ ތިބާގެ ކިބައިން ފިލައިގެންދާނެ ޢަމަލު އެބައޮތެވެ! އެއީ ގިނަގިނައިން ޟުޙާ ސޫރަތް ކިޔެވުމެވެ. ޟުޙާ ސޫރަތުގެ މާނައާއި ތަފްސީރު ކިޔުމެވެ. ހިތުގައި ހަރުލެއްވުމެވެ. 

މިބަޔާންކުރި ބީދައިން ތިބާ ޢަމަލުކޮށްފިނަމަ މާޔޫސްކަން ހަމަ މަޑުމަޑުން ފިލަމުން ގޮސް ތިބާ ދޫކޮށްލާފައި ހިނގައިދާނެއެވެ. އިން ޝާ ﷲ 

"ޤުރްއާނަކީ ސިކުނޑިއަށް ޖެހޭ މަޢްނަވީ ބައްޔާއި ހަށިގަނޑަށް ޖެހޭ ބަލިތަކަށްވެސް ވާ ޝިފާއެކެވެ. ޤުރްޢާން ކިޔަވައި، އެއިގެ އާޔަތްތަކާއިމެދު ވިސްނައި ފިކުރުކޮށް، ޤުރްއާނުން ފައިދާ ހޯއްދަވާށެވެ! އިން ޝާ ﷲ ކާމިޔާބު ލިބޭނެއެވެ." 

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސޫރަތުލްފާތިޙާ އަކީ ބަލިތަކަށް ޝިފާއެކެވެ. އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތަކީ އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އޮތް ޝިފާއެކެވެ. ޟުޙާ ސޫރަތަކީ މާޔޫސް ބަލީގެ ޝިފާއެކެވެ. ކީރިތި ޤުރައާން ކިޔަވަމުން ގެންދިއުމަކީ ހުރިހާ މައްސަލަތަކަށް އޮތް ޝިފާއެއްކެވެ.  

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މުސްލިމުންނަށް ކީރިތި ޤުރްއާން ކިޔަވައިގެން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮތީ އެކަމުގައި ސާބިތުވުމެވެ.

މިއަދު އޮންލައިން