މުސްލިމުންނަށް އޮތީ ނަމާދު ވަގުތު ޖެހުމުން އެމީހަކު ހުރި ތަނެއްގައި ހުރެގެން އަވަހަށް ނަމާދުކުރުމެވެ. ވީމާ އަވަސްވެގަންނަންވީ ނަމާދު ކުރުމަށެވެ.
(وجعلت لي الأرض مسجدا وطهورا)
"އަދި ތިމަންކަލޭގެފާނަށް ބިމަކީ ނަމާދުކުރެވޭ، އަދި ޠާހިރުތަނެއް ކަމުގައި ލެއްވުނެވެ."
މިއީ ކީރިތި ރަސޫލާﷺ އަށްޓަކައި މި އުއްމަތަށް މާތް ﷲ ދެއްވި ޚާއްޞިއްޔަތެކެވެ. ޔަހޫދީންނާއި ނަޞޯރާއިން ދެކޭގޮތުގައި ފައްޅީގައި މެނުވީ އަޅުކަން ނުކުރެވެ އެވެ.