ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަރމާކެޓް ވިޔަފާރި ހިންގަމުންއަންނަ ރެޑްވޭވުން 2022 ވަނައަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް ކުރައްވަވާ ހަމަ ކޮންމެ 500 ރުފިޔާ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވެނީ ނަސީބުވެރި ފަރާތްތަކަށް ކަނޑައެޅިފައިވާ ނަގުދު ފައިސާއިން ގިނަ ބަޔަކަށް ލިބިގެންދާ އިނާމުތަކެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާއިރު ، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.
އަދި މީގެ އިތުރުންވެސް ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެއެވެ. އަދި ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ހިފާގެންގުޅޭ ސާމާނު ނަންހުސްކޮށް މިޕްރޮމޯޝަންގެ ތެރޭންލިބިގެންދާނެއެވެ. ހަމަމިއާއި އެކު ސޯޝަލް މީޑިއާގައި ރޯދަ ސޭލްގެ ގިނަ ޕްރޮމޯޝަންތަކެއް ހިންގިގެން ދާނެކަމުގައި އެކުންފުނިން މައުލޫމާތުދެއެވެ.
ރެޑްވޭވުން ބުނީ ރެޑްވޭވް ރޯދަސޭލް ދުރާލާ މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި ތިބި ރެޑްވޭވް ގެ ކަސްޓަމަރުންގެ އެދުމަތިން ކަމަށާއި މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމްސްތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބެންހުންނާނެ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު މުދާ އެންމެ ހެޔޮއަގުގައި ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.