ފަށްކަނޑަން ކުރާ ކައިވެނިވެސް، އެކައިވެންޏަށްފަހު ކުރާ ކައިވެނިވެސް ހުއްދައެއް ނޫން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ފަށްކަނޑަން ކުރާ ކައިވެނިވެސް، އެކައިވެންޏަށްފަހު ކުރާ ކައިވެނިވެސް ހުއްދައެއް ނޫން!: ޑރ. އިޔާޟް

ފަށްކަނޑަން ކައިވެނިކުރުމަކީ ވެސް އަދި އެކައިވެންޏަށްފަހު (އެކައިވެނިން ފަށްކެނޑުނުކަމަށްބަލައި) ކުރާ ކައިވެނިވެސް ހުއްދައެއް ނޫނެވެ. ސަބަބަކީ ފަށްކަނޑަން ކައިވެނިކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވާތީއެވެ. 

ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފަށްކަނޑަން ކައިވެނިކުރާ މީހާ އަށާއި ކައިވެނިކުރެވުނު މީހާއަށް ލަޢްނަތް ލެއްވެވިގެންވާ ކަމަށެވެ. 

ވީމާ 3 ފަށްވެއްޖެނަމަ އަންހެން މީހާ ކައިވެނިކުރަންވާނީ ދެވަނަ މީހަކާއިއެކު ދިރިއުޅެވޭތޯ ބެލުމަށެވެ. ކައިވެނި ކުރަނީ ފަށްކަނޑަން ކަމުގައި ހަދައިގެން ނުވާނެއެވެ. ދިރިއުޅުމުގެ މަގްޞަދުގައި ކައިވެނިކޮށް ދިމާވާ ކަމަކުން ވަރިވެއްޖެނަމަ ނުވަތަ ފަހުގެ ފިރިމީހާ މަރުވެއްޖެނަމަ ފަށްކެނޑުނީއެވެ. އަދި ކުރީގެ ފިރިމީހާ އާއި ކައިވެނި ކުރެވިދާނެއެވެ. 

- ޑރ. މިޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން