އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރުމަށްފަހު އަންހެންދަރިންނަށް އަމުރުކުރުމުގެ އިޚްތިޔާރު ބައިންބަފައިންނަށް ދީފައެއް ނެތް!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރުމަށްފަހު އަންހެންދަރިންނަށް އަމުރުކުރުމުގެ އިޚްތިޔާރު ބައިންބަފައިންނަށް ދީފައެއް ނެތް!: ޑރ. ޢަލީ ޒާހިރު

ބައިންބަފައިން ކުދިން ބަލައި ބޮޑުކުރަނީ ވަރަށް ބޮޑެތި ޤުރްބާނީތަކެއް ވެގެންނެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރުމަށްފަހު އަންހެންދަރިންނަށް އަމުރުކުރުމުގެ އިޚްތިޔާރު ބައިންބަފައިންނަށް ދީފައެއް ނެތެވެ. ދިރިއުޅުމުގެ ކަންކަން ވަކިކުރުމަށް ކުރަން ފިރިމިހާ ބުނީމާ އެނޫން ގޮތަކަށް ކުރަން ބުނުމުގެ ޙައްޤު މައިންބަފައިންނަށް ދީފައެއް ނުވެއެވެ. 

ދަރިން ލަފައަކަށް އެދިއްޖެނަމަ ހެޔޮ ނަޞޭޙަތްދޭންވާނެއެވެ. ދަރިންނަށްޓަކައި ހެޔޮދުޢާވެސް ކޮށްދޭންވާނެއެވެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

ހަމަ މިމައުޟޫއަށް ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވިދާޅުވެފައިވެއެވެ. 

"ދަރން ކައިވެނިކުރުމުން އެމީހުންގެ ހުރިހާ ކަންކަމަށް މައިން ބަފައިން ގޮތްކިޔައި ބާރު ނުހިންގާށެވެ. ފިރިމީހާ ބޭނުންވާ ގޮތަށް ކަންކަން ކުރަން ފުރުޞަތުދޭށެވެ. އަމިއްލައަށް ދިރިއުޅެން ދަސްވާނީވެސް އެއިރުންނެވެ. ފިރިމީހާ ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނަމަ ޒިންމާ ނަގައިގެން ކަންކަން ކުރަން ބޭނުންވުން ވެސް ކުޑަވާނެއެވެ. ނަމަވެސް ގޯސްކޮށް ކަމެއް ކުރަނީނަމަ ނަޞޭޙަތްދީ ރަނގަޅު ގޮތް ބުނެދޭންވާނެއެވެ.

މިއަދު އޮންލައިން