އަމިއްލަ ދިރިއުޅުމުގެ ކަންކަން ދަތިވެ މުޖުތަމައުގައި ބިރުވެރިކަން ޢާންމުވަމުންދާއިރު އެކަންކަން މެދުވެރިވާ ސަބަބަށް ވިސްނާލަން އަދިވެސް ނުވަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަމިއްލަ ދިރިއުޅުމުގެ ކަންކަން ދަތިވެ މުޖުތަމައުގައި ބިރުވެރިކަން ޢާންމުވަމުންދާއިރު އެކަންކަން މެދުވެރިވާ ސަބަބަށް ވިސްނާލަން އަދިވެސް ނުވަނީހެއްޔެވެ؟

" ފާފަކުރާ މީހާއަށް އެއްވެސް އިއްޒަތްތެރިކަމެއް ނުއޮންނާނެ އެވެ. ފާފަކުރާމީހުން މާތްﷲ ނިކަމެތި ކުރައްވަވާނެތެވެ. "ބައެއް މީހުން ފަރުޟު 5 ނަމާދު ނުކުރަމުން، މާތްﷲގެ އެންގެވުންތަކަށް ގޮންޖަހަމުން އެމީހުންނަކީ އިއްޒަތްތެރިކަމަށް ދައުވާ ކުރަނީ. ކޮން ގޮތަކުންތޯ އެމީހުންނަށް އިއްޒަތްތެރިކަން ލިބިގެންވަނީ. އެފަދަ މީހުންނަކީ ވަރަށް ނުބައި ސުންޕާ ބައްޔެއް ޖެހިފައިވާ މީހުން."ނެވެ.

މުޖުތަމައުގައި ފާފަކުރާ މީހުން ގިނަވެ ފާފަތައް ކުރުން އިތުރުވާނަމަ އެ މުޖުތަމައަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން މިއަދު މިދަނީ އެކަންކަން ފެންނަމުންނެވެ.

ފާފަތައް ކުރުން އިތުރުވާނަމަ ފާފަކުރާ މީހުންނަށާއި އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުންނަށް މުޞީބާތްތަކާއި ދުއްތުރާތައް ކުރިމަތިވާނެއެވެ.

ވަރަށް ގިނަ ތަފާތު މައްސަލަތައް އަޅުގަނޑުމެންނަށް މިހާރު ދަނީ ކުރިމަތިވަމުންނެވެ. އެކަންކަމަށް ވަނީ ވިސްނަން ޖެހިފައެވެ. ބޮޑެތި ބަލިތަކާއި މުދަލުގެ ދަތިކަން މިވަނީ ކުރިމަތިވެފައެވެ. ނުތަނަވަސްކަން ލިބޭ އެތައް ކަންތައްތައް މިވަނީ ކުރިމަތިވެފައެވެ. ނުބައި އަމަލުތައް ކުރާ މީހުން ދަނީ އިތުރުވަމުންނެވެ.

މިހުރިހާ ކަންކަމުގެ ސަބަބުތަކަށް ބަލާއިއރު މާތްﷲގެ ވަޙީ ބަސްފުޅުތަކުގެ ތެދުކަން އެނގިގެންދެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދިޘްފުޅު ކުރައްވާފައިވެއެވެ. "ފަހު ޒަމާނަށް އައިސް އުންމަތަށް މެދުވެރިވާ މުޞީބާތްތައް މެދވެރިވަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ. ފާފަތައް ކުރާ މީހުންނާއި ފާފަތައް ކުރުން މަނާ ނުކުރާ މީހުންގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމަށެވެ.."

އެބައަކަށް މާތްﷲ ލަޢުނަތް ލެއްވެވި ބައަކުވެއެވެ.

އެއިގެ ތެރެއިން އެއް ބައަކީ މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ޤްރްބާންކުރާ މީހުންނެވެ. ދީނުގަ ނެތްކަމެއް އަލަށްގެނައި، ބިދުއައެއް ގެނައި މީހެއްގެ މެހްމާންދާރީކަމުގައި ހުރި މީހަކަށް ލައުނަތް ހުއްޓެވެ. އެމީހެއްގެ މަންމަ އާއި ބައްޕައަށް ލައުނަތްލާ މީހުންނަށް މާތްﷲގެ ލައުނަތް ހުއްޓެވެ.

މާތްﷲ ބިންމަތީގައި ލައްވަވާފައިވާ ހައްދުތައް، މިންތައް ބަދަލުކޮށްފި މީހަކަށް ލަޢުނަތް ހުއްޓެވެ. ވައްކަން ކުރާމީހާއަށް ލަޢުނަތް ހުއްޓެވެ. މާތްﷲ ލައުނަތް ލައްވަވާ މީހުންގެ ި ތެރޭގައި މީހެއްގެ ކުކުޅުބިހެއް، ވައުގަނޑެއް ފަދަ އެއްޗެއް ވަގަށް ނަގައިގެން އަންކަނޑައިލެވޭ މީހުން ވެސް ހިމެނެއެވެ. މާނައަކީ ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ވައްކަން ކުރާ މީހާ ހިމެނެއެވެ.

--އައްޝައިޚް އިއްޒުއްދީން ޢަދްނާންގެ ދަރުސަކުން

މިއަދު އޮންލައިން