ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ ކަންބޮޑުވާ މީހުން ނިކަން މި ޙަދީޘްފުޅަށް އަމަލުކުރާވަރު އަނގައިލަދީބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ ކަންބޮޑުވާ މީހުން ނިކަން މި ޙަދީޘްފުޅަށް އަމަލުކުރާވަރު އަނގައިލަދީބަލާށެވެ!

އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުން ކުރާ ދުއާ ޢިޖާބަ ކުރެއްވެވުން ލަސްވުމެވެ. އެކަމުގެ ސަބަބުން ކަންކަމަށް ދަތިވުމެވެ. 

ދުޢާ ކުރުމަކީވެސް 24 ގަޑިއިރުގެ ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަމަށްވެސް ޚާއްޞަ ކުރެވިގެންވާ ވަގުތުތަކެއްވެއެވެ. ޚާއްޞަ ވަގުތުތަކުގެ ތެރެއިންވެސް ޚާއްޞަކަން ބޮޑު ވަގުތެއް އެބައޮވެއެވެ. 

ފުރަތަމަ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ޕާޓީއަކަށް ދައުވަތުދޭން އެކަކު ކާޑު ފޮނުވީ ޕޯސްޓުންނެވެ. އަނެކަކު ކާޑުހިފައިގެން އަމިއްލައަށް އައީއެވެ. އެހެންކަމަށް ވެއްޖެނަމަ އެތަނުން ތިބާ އަހައްމިއްޔަތުކަން ނުވަތަ ސަމާލުތަންދޭނީ ކޮން ޕާޓީއަކަށްދާން ހެއްޔެވެ؟ 

ދެން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! ތިބާއަށް ކަންކަން ބޭނުންވާނެކަން އެނގިވޮޑިގަންނަވާތީ ﷲ ތަޢާލާ ބިމުގެ އުޑަށް ކުއްތަންވެވޮޑިގަންނަވަނީއެވެ. އަދި އެ ވަޙީކުރައްވަވަނީ ތިބާ އެދޭ ކަންތަކުގެ ވާހަކައިން ދަންނަވާށެވެ! ޢިޖާބަކުރައްވަވައިދެއްވަވާހުށީމެވެ. 

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. 

"ރޭގަނޑުގެ ފަހު ތިންބައަށް އެޅުމުން الله ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާނެއެވެ. އަދި ވަޙީކުރައްވަވާނެއެވެ.. "ތިމަން الله ގެ ޙަޟްރަތަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ އެމީހެއްގެ ދުޢާ އިޖާބަކޮށްދެއްވާނަމެވެ. ތިމަން اللهގެ ޙަޟްރަތަށް ކަމަކަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ތިމަން اللهގެ ޙަޟްރަތަށް ފާފަފުއްސެވުން އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާނަމެވެ".

ވީމާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެ ކަންބޮޑުވާ މީހުން ނިކަން އެމީހަކު މި ޙަދީޘްފުޅަށް އަމަލުކުރާވަރު އަނގައިލަދީބަލާށެވެ! ޙަދީޘްފުޅުގައިވާ ވަގުތުގައި ތިބާ ދެއަތް އުފުލައި ދުޢާކުރާތާ ކިހައި ދުވަހެއް ފާއިތުވެއްޖެކަން ނިކަން ކޮމެންޓަކުން ނަމަވެސް އަނގައިލަދީބަލާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން