މާލޭ މަގުމަތި: އަންހެނުންނަށް ބިރުވެރިކަންބޮޑު ތަނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މާލޭ މަގުމަތި: އަންހެނުންނަށް ބިރުވެރިކަންބޮޑު ތަނަކަށް!

މަގުމަތިން އަންހެނަކަށް އޭނާ ނުރުހޭނެ ގޮތަކަށް ބަހެއް ބުނުމުން ކުށްވެރިވެއެވެ. އޭނާ ރީތި ކަމަށްބުނުމުން ކުށްވެރިވެއެވެ. ކައިވެނިކޮށްފާނަންތޯ ސުވާލުކުރުމުން އެބަކުށްވެރިވެއެވެ.

މިއުޅެނީ އެފަދަ ބަހެއް ބުނުމުން ކުށްވެރިކުރާތީ އެކަން ކުށްވެރިކުރާކަށް ނޫނެވެ. ނަމަވެސް އެއަށްވުރެ މާބޮޑެތި ކަންކަން މަގުމަތިން އަންހެނުންނަށް މިހާރު އެބަކުރިމަތިވާކަން ބުނާށެވެ. މަގުމަތީގައި އުޅެން އަންހެނުންނަށް ބިރުވެރިކަމަކަށްވެއްޖެ ވާހަކަ ބުނާށެވެ!

މިހާދިސާއަށް ބައްލަވާށެވެ!

އަންހެނަކު ސްޕަމާކެޓަކުން ނުކުތްތަނުން ޒުވާނަކު އައިސް އެދުނީ ކާއެއްޗަކަށެވެ. މުޅި ދުވަހު އެއްވެސް އެއްޗެއް ނުކާކަމަށްވެސް ބުންޏެވެ. ފިހާރައަކުން ނަމަވެސް ކޮންމެވެސް ކާއެއްޗެއް ގަނެދޭން އެދުނެވެ.

އަންހެން މީހާ ވޮލެޓް ހުޅުވައި ދެއްކިއިރު އެއިގައި އެއްވެސް ފައިސާއެއް ނެތެވެ. އެވަރުންވެސް ދުލެއް ނުކުރިއެވެ. ދެވަަނ ޒުވާނަކު ކައިރިވެއްޖެއެވެ. ގޮތަކަށް ދެމީހުންގެ މެދުގައި ފިތިއްޖެއެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތެވެ.

ބިސްކޯދު ޕެކެޓެއްނަމަވެސް ގަނެދޭން ބުނުމުން އެތާ ކައިރީ ހުރި އަންހެން މީހާ ދަންނަ ބައަކު ހިންގާ ކުޑަ ފިހާރައަކަށް ދެމީހުންގެ މެދުގައި ހުރެގެންދިއައެވެ. އެއީ ފަހުން ފައިސާ ދައްކާގޮތަށް ބިސްކޯދު ޕެކެޓެއް ހޯދުމުގެ ބޭނުމުގައެވެ.

ފިހާރައަށް ވަދެވުމާއިއެކު ކޮތަޅެއް ނަގައި ބިސްކޯދާއި ދަޅާއި އެހެންވެސް އެމީހުން ބޭނުންވާހައި އެއްޗެއް ކޮތަޅަކަށް އަޅައިގެން "ތޭންކުޔޫ" ބުނެފައި ނުކުމެގެންދިއައީއެވެ. ސޭޓުވެސް އެންމެންނަށްވެސް ތިބެންޖެހުނީ އަނގަބަންދުކޮށްގެންނެވެ. ބަހެއް ބުނެފިނަމަ ފިހާރައަށް ދޭނެ ގެއްލުމެއް ނުއެނގޭތީއެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކޮށްފައިވާ މައުލޫމާތެކެވެ. މިފަދަ އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކު ހިނގާކަމުގެ ވާހަކައަޑު އިވެއެވެ. ސުވާލަކީ ނުރައްކާކަންބޮޑީ އަންހެނަކަށް ބަހެއް ބުނުންހެއްޔެވެ؟ ހިނގަމުންދާ މިފަދަ ކަންކަންހެއްޔެވެ؟

 

މިއަދު އޮންލައިން