އާދެ! ދުނިޔެއަކީ ފަނާވެދަނިވިތަނެއް. ވަރަށް ގިނަ މީހުން މިދުނިޔެއަށް އައުމުން އެމީހުން ހީކުރަނީ ތިމަންނަމެން މިދުނިޔެއަށް ފޮނުއްވުނީ މަސައްކަތް ކޮށްގެން ލާރިހޯދައިގެން މީރު ކާއެއްޗިއްސާ މީރު ބޯއެއްޗިއްސާ، ރީތިހާ ފޭރާމަކާ، އަދި ހަމަ އެހެންމެ އަގުބޮޑެތި އެންމެހާ ރީތި ލަގްޒަރީ އެޕާޓްމަންޓްތަކުގައި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމޭ އޮތީ، މަސައްކަތް ކުރުމޭ އޮތީ ރުފިޔާ ހޯދުމޭ އޮތީ ޑޮލަރު ހޯދުމޭ ޔޫރޯ ހޯދުމޭ.
އެހެންވީމާ އަޅުގަނޑުމެންނަށް ނަމާދެއް ނުކުރެވޭ، އަޅުގަނޑުމެންގެ މައިންބަފައިން ދޫކޮށްލަނީ، އަޅުގަނޑުމެން ހެޔޮ ކަންތައްތައް ދޫކޮށްލަނީ ނުބައި ކަންތައްތަކުގެ ތެރެއަށް ވަދެވެނީ. މިހެންވެ، ނަމާދާ ދުރުވާތީ ނަމާދު ނުކުރާ މީހާ އޭނަ ނަމާދު ނުކުރުމުން އޭނަ ހިތަށް އަރަނީ، އާނ ދެން ނަމާދެއް އެ ދޫވިއްޔޭ. އޭނަ ހިތަކަށް ނާރާ އެއީ ކިހާވަރެއްގެ ކަމެއްކަމެއް، ކިހާ ބޮޑު ކަމެއްކަމެއް، ކިހާ މުހިއްމު ކަމެއްކަމެއް އޭނަ އަކަށް ނޭންގޭ. އެހެންވެގެން އޭނަ އެނަމާދުނުކޮށް ދޫކޮށްލަނީ. ނަމާދު ނުކޮށް ދޫކޮށްލައިފިކަމަށް ވާނަމަ، އެންމެ ނަމާދެއްވެސް ދޫކޮށްލައިފިކަމުގަ ވާނަމަ އޭނާ އެލިބިގަތީ ބޮޑުވެގެންވާ އަބާއްޖަވެރިކަމެއް. އޭނާ އެލިބިގަތީ ބޮޑުވެގެންވާ ގެއްލުމެއް. ހަލާކެއް
އެންމެހާ ލޮބުވެތި ޢިއްޒަތްތެރި އަޚުންނާ އުޚުތުންނޭ. ވީއިރު އެންމެހާ މިތުރުންނޭ. އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންވީ ފަރުޟު ފަސް ނަމާދު ޤާއިމް ކުރެވޭތޯ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، ކޮންމެ މީހެއްގެ ދަރިއަކީ ފަރުޟު 5 ނަމާދު ޤާއިމްކުރާ މީހެއްކަމުގަ ވުމަށް މިއަދު ޢަޒުމް ކަނޑައަޅަންވީ.
އަދި ނުނިމޭ
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން