ޖިބްރީލްގެފާނު ރަސޫލް ޞޢވ އަށް ކޮށްދެއްވެވި ރުޤްޔާ އާ ރަސޫލް ޞޢވ މީސްތަކުންނަށް ކޮށްދެއްވެވި ރުޤްޔާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ޖިބްރީލްގެފާނު ރަސޫލް ޞޢވ އަށް ކޮށްދެއްވެވި ރުޤްޔާ އާ ރަސޫލް ޞޢވ މީސްތަކުންނަށް ކޮށްދެއްވެވި ރުޤްޔާ-

"ކުރަން އެންމެ ރަނގަޅު ރުޤްޔާ" ނުވަތަ ރުޤްޔާކުރަން ކިޔަން އެންމެ ރަނގަޅު އެއްޗަކާއިބެހޭ ގޮތުން ކިޔުންތެރިއަކު ސުވާލުކުރައްވާފައިވެއެވެ. 

ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުގައި ޖިބްރީލްގެފާނު ރަސޫލް ﷺ އަށް ކޮށްދެއްވެވި ރުޤްޔާ އާ ރަސޫލް ﷺ މީސްތަކުންނަށް ކޮށްދެއްވެވި ރުޤްޔާ ހިމެނިގެންވެއެވެ. ވީމާ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަދައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ. 

ހަނދުމަފުޅު ބަހައްޓަވާށެވެ! އެންމެ މުހިންމު އެއްކަމަކީ މީހާގެ އަމަލުތައް ސީދާވެގެންވުމެވެ. ރުޤްޔާއަކީ ދުޢާއެކެވެ. ޝަފާޢަތް އެދެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ޝިފާ ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. 

މުސްލިމަކަށް [ޤުރުއާނާއި އެކިއެކި ދުޢާތައް]  ކިޔައިގެން އަދި ފެނަށް ފުމެގެން އޭނާގެ އަމިއްލަ ނަފްސަށް ފަރުވާކުރެވިދާނެ ހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم އަށް ބައްޔެއް އިޙުސާސްވވެވަޑައިގެންފިނަމަ (قل هو الله أحد) ތިންފަހަރަށް އަދި ފަލަޤިއާއި ނާސް ސޫރަތް ތިންފަހަރަށް ވިދާޅުވެ އަތަށް ނަފަޘްކުރައްވައެވެ.

(نفث ކުރުމަކީ: އަނގައިންފުމުމެވެ. التفل އާއި نفث ގެ ތަފާތަކީ التفل ކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفث ކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخ ކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. 

ބައްލަވާ تاج العروس من جواهر القاموس) 

އަދި ދެއަތުން ނިދާއިރު ކޮންމެ ފަހަރަކު ހަށިގަނޑުގައި އަތްފޯރާ ހިސާބުގައި އެކަލޭގެފާނު صلى الله عليه وسلم ގެ އަތްޕުޅު ފިރުމާލައްވައެވެ. އެއީ އެކަލޭގެފާނުގެ ބޮލުންފަށައިގެން މޫނުފުޅާއި މޭފުޅުގައެވެ. އެއީ ޞައްޙަ ޙަދީޘްގައި ޢާއިޝާ رضي الله عنها ޚަބަރުދެއްވާފައިވާގޮތުގައެވެ. 

" ފަހެ ޢާއިޝަ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ  صلى الله عليه وسلم ކޮންމެ ރެއަކުވެސް ތަންމަތީގައި އޮށޯވެ ދެއަތްޕުޅު ޖަމާކުރެއްވުމަށްފަހު އެއަށް  نَفَث(1) ކުރައްވައެވެ. ފަހެ ( قل هو الله أحد ) ( قل أعوذ برب الفلق ) ( قل أعوذ برب الناس ) އެއަށް ކިޔުއްވައެވެ. އެއަށްފަހު ވީވަރަކުން ހަށިގަނޑުގައި ދެއަތް ހިންގަވާލައްވައެވެ. ފައްޓަވަނީ ބޮލުންނާއި މޫނުންނެވެ. އަދި ހަށިގަނޑުގެ ކުރިމަތީގައިވާ ގުނަވަންތަކުންނެވެ. [ އެބަހީ: މެއާއި ބަނޑުފަދަ ގުނަވަންތަކުންނެވެ.]  އެފަދައިން ތިންފަހަރު ކުރައްވައެވެ."

އަދި އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވިއިރު ޖިބްރީލުގެފާނު އެކަލޭގެފާނަށް، ފެނަށް ރުޤްޔާކުރެއްވިއެވެ. އެއީ އަންނަނިވި ބަސްފުޅުންނެވެ. 

(بِاسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَىْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ، بِاسْمِ اللَّهِ أَرْقِيكَ.)

މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫފުޅުވާ ކޮންމެ ކަމަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރިލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ. ﷲގެ އިސްމުފުޅުން ކަލޭގެފާނު ރުޤްޔާކުރައްވަމެވެ."

(މިފަދައިން ތިންފަހަރުއެވެ.) އަދި މިއީ ޝަރުޢުކުރެވިގެންވާ ފައިދާކުރުވަނިވި ރުޤްޔާއެކެވެ.

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޘާބިތު އިބްނު ޤައިސް رضي الله عنه އަށް ފެނަށް ކިޔެވިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް އޮއްސާލުމަށް އަމުރުކުރެއްވިއެވެ. އެއީ ޙަސަން ދަރަޖައަށްދާ ސަނަދަކުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ފަދައިންނެވެ… އަދި މިނޫނަސްވެސް އެހެން ވައްތަރުތަކުގެ ރުޤްޔާވެސް އެކަލޭގެފާނު  صلى الله عليه وسلم ގެ ދުވަސްވަރު ހިނގާފައިވެއެވެ.

އޭގެ ތެރޭގައި ހަމަކަށަވަރުން އެކަލޭގެފާނު ބައެއް ބަލިމީހުންނަށް އަންނަނިވި ބަސްފުޅުން ރުޤްޔާކުރެއްވިއެވެ. 

(اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا)

[صحيح البخاري الطب (5418),صحيح مسلم السلام (2191),سنن ابن ماجه الطب (3520),مسند أحمد بن حنبل (6/126)]

މާނައީ: "އޭ މީސްތަކުންގެ ރައްބެވެ. ބަލިގެންދަވާފާނދޭވެ. އަދި އޭނާއަށް ޝިފާދެއްވަވާނދޭއެވެ. އިބައިލާހުދެއްވާ ޝިފާ ނޫނީ ޝިފާއެއްނުވެއެވެ. އިބައިލާހަކީ ޝިފާދެއްވާފަރާތެވެ. އެޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ."

 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން