މޮޔަ ވާހަކަ ދެއްކުނު ނަމަވެސް އެއީ މޮޔައެއް ކަމަށް ބަލައި ނަމާދު ނުކުރުމެއް އަދި އެމީހާ ލައްވައި ނަމާދު ނުކުރުވުމެއްވެސް ނެތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މޮޔަ ވާހަކަ ދެއްކުނު ނަމަވެސް އެއީ މޮޔައެއް ކަމަށް ބަލައި ނަމާދު ނުކުރުމެއް އަދި އެމީހާ ލައްވައި ނަމާދު ނުކުރުވުމެއްވެސް ނެތް: ޑރ. އިޔާޟް

ބަލިވެ ތަންމަތީގައި ގިނަ ދުވަހު އޮންނަން މީހަކަށް ޖެހިއްޖެނަމަ މޮޔަ ވާހަކަދައްކައިފާނެއެވެ. އެއީ އެގޮތަށް ގިނަ ދުވަހު އޮންނަން ޖެހުމުން ނަފްސާނީ އަސަރުތައްކުރާތީއެވެ. ބައެއް މީހުން އައިސީޔޫގައި އެންމެ ދުވަހަކު އެކަނި އޮންނަން ޖެހުމުންވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވެ މޮޔަވާހަކަދެއްކައެވެ.

އެގޮތުން މީހަކަށް މޮޔަ ވާހަކަ ދެއްކުމުން އޭނާއަކީ މޮޔައެއް ކަމަށް ބަލައި އެމީހަކު ލައްވައި ނަމާދު ނުކުރުވައި ދޫކޮށްލައިގެންނުވާނެއެވެ. އޭނާ ލައްވައި ނަމާދުކުރުވަން ދަރިން އެހީތެރިވެދީ އެކަމަށް މަސައްކަތްކުރަންވާނެއެވެ. އެހެނީ ބުއްދި ސަލާމަތުން ހުރިނަމަ އެމީހެއްގެ މައްޗަށް ނަމާދު ވާޖިބުވާނެއެވެ.

ހަށިގަނޑުގައި ހޭހުރެފައި ބުއްދި ސަލާމަތުން ހުރިނަމަ ނަމާދު ކުރަން ޖެހޭނެއެވެ. (އެމީހާގެ މައްޗަށް ނަމާދު ވާޖިބުވާނެއެވެ.)

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން