އެސްފީނާއަށް ފެންއަޅަންވެސް ފާޚާނާގައިހުރެ ކިޔެވުން ހުއްދައެއް ނޫން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 25ސ
އެސްފީނާއަށް ފެންއަޅަންވެސް ފާޚާނާގައިހުރެ ކިޔެވުން ހުއްދައެއް ނޫން-

ކުޑަކުއްޖަކަށް އަދި ބޮޑުމީހަކަށް އެސްފީނާއަށް ފެންއަޅަންނަމަވެސް ފާޚާނާގައި ހުރެ ކިޔެވުން ހުއްދައެއް ނޫނެވެ. ފާޚާނާއިން ބޭރުގައި ފެނަށް ކިޔަވާށެވެ. އަދި ފާޚާނާގައި ފެންއެޅުމަކީ މައްސަލައެއް ނޫނެވެ.

އެހެނީ ފާޚާނާގައި ޛިކުރުކުރުން ރަސޫލް ﷺ ވަނީ މަނާކުރައްވަވައިފައެވެ.

ވީމާ އާޔަތްކިޔެވިނަމަވެސް ސޫރަތްކިޔެވިނަމަވެސް ފާޚާނާއިން ބޭރުގައި ކިޔަވައިގެން އެފެންހިފައިގެން ފާޚާނާއަށް ވަދެ ފެން އަޅާށެވެ. ފާޚާނާއިން ވުޟޫކުރިނަމަވެސް ފާޚާނާގައި ހުރެ ވުޟޫދުޢާވެސް ކިޔުން ހުއްދަވެގެނެއް ނުވެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން