ޙަސަނުލް ބަޞަރީ ރަޙިމަހުالله ވިދާޅުވެފައިވެއެވެ.
"އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ ދުނިޔޭގެ ދިރިއުޅުން ހޯދުމަށްޓަކައި އާޚިރަތުގެ ބާއްޖެވެރިކަން ދޫކޮށްނުލާށެވެ. އެގޮތަށް ކަންތަކޮށްފިނަމަ ދެދުނިޔޭގައިވެސް އަބާއްޖަވެރިއަކަށްވީއެވެ.
ނަމަވެސް ދުނިޔޭގެ އުފަލަށްވުރެ އާޚިރަތުގެ ބާއްޖެވެރިކަން އިސްކޮށްފިނަމަ ދެދުނިޔޭގައިވެސް ކާމިޔާބު މީހަކަށްވީއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އިމާމް ޙަސަނުލްބަޞަރީ ވިދާޅުވެފައިވާ މިބަސްފުޅާއިމެދު ފުންކޮށް ވިސްނާލައިފިނަމަ ކަރުނައެޅޭނެއެވެ. އެއީ މީސްތަކުން މިއަދު ކަންކަންކުރާގޮތަށް ބަލާއިރު ގިނަބައަކު ހުރިހާ ސަމާލުކަމެއް ވެސް ދެނީ ދުނިޔޭގެ ދިރިއުޅުން ހޯދުމަށެވެ. މަތީޤާމާއި ތަނަވަސްކަން ހޯދުމަށެވެ. އާޚިރަތްމަތިން ހަނދާންކޮށްދިންނަމަވެސް ބުނަނީ ފަހުން އެކަމާ ވާހަކަދައްކާނީ ކަމަށެވެ.
ހެޔޮވިސްނުމަކީވެސް ހޯދަން މަސައްކަތްކުރުމުން ދެއްވަވާއެއްޗެކެވެ.