އަޅުގަނޑުމެން އަންހެނުން ސުވަރުގޭގައި ތިބެންޖެހޭނީ އެކަނިތޯއެވެ؟"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 33ސ
އަޅުގަނޑުމެން އަންހެނުން ސުވަރުގޭގައި ތިބެންޖެހޭނީ އެކަނިތޯއެވެ؟"

"ޢިލްމުވެރިން އަބަދުވެސް ދައްކަވަނީ ސުވަރުގޭގައި އެތައް ބައިވަރު ޙޫރަލްޢީނުން ފިރިހެނުންނަށް ލިބޭނެ ވާހަކައެވެ. އަޅުގަނޑުމެން އަންހެނުންނަށް ބައިވެރިން ދެއްވަވާނެ ވާހަކަ ވަރަށް އަޑު ނުއިވެއެވެ. އެއީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން އަންހެނުން ސުވަރުގޭގައި ތިބެންޖެހޭނީ އެކަނިތޯއެވެ؟"

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ އެއްވެސް މީހަކު ސުވަރުގޭގައި އެކަނި ނުވާނެ ކަމެވެ. ކޮންމެ މީހަކުވެސް ވާނީ ބައިވެރިއަކާއިއެކުގައެވެ. ތިރީގައިވާ ލިޔުމުން އެކަން ޔަޤީންވެވަޑައިގަންނަވާނެއެވެ! ވީމާ ސުވަރުގެއިން ލިބިވަޑައިގަންނަވާނެ ބައިވެރިޔާ އާއިމެދު ކަންބޮޑުވެވަޑައިނުގަންނަވާށެވެ. ކަންބޮޑުވެވަޑައިގަންނަވަންވީ ސުވަރުގެ ލިބިވަޑައިގަތުމާއި މެދުގައެވެ.

މިއީ ވަރަށް ގިނަފަހަރު ޖަވާބުދެވިފައިވާވެސް ސުވާލެކެވެ. ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ކޮންމެ ލިޔުމެއް ހުރިހާ ބޭފުޅުންނަށް ފެނިވަޑައިނުގަތުމަކީ ހަމަ މެދުވެރިވާނެ ކަމެކެވެ.

نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ﴿٣٢﴾ [سورة فصلت ]

މާނައީ: "ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ. [31] ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ". [32]

އަދިވެސް އެއިލާހު ވަޙީކުރެއްވާފައިވެއެވެ.

﴿… وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ ﴾[سورة الزخرف ٧١]

މާނައީ: "…އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތިވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެއެވެ."

ނަފްސުތައް އެންމެ ބޮޑަށް އެދޭ އެއްކަމަކީ ކައިވެނިކުރުންކަމީ އެންމެންނަށްވެސް ރަނގަޅަށް އެނގޭ ކަމެކެވެ. ފަހެ ސުވަރުގޭގައި ފިރިހެނެއްކަމުގައި ވިޔަސް އަދި އަންހެނެއްކަމުގައިވިޔަސް އެކަން [އެބަހީ: ކައިވެނިކުރުން] ޙާޞިލުވާނެއެވެ. ފަހެ އަންހެނަކުނަމަ، ދުނިޔޭގައި އުޅުނުއިރު އޭނާގެ ފިރިމީހާއާ ކައިވެނިކޮށްދެއްވާނެއެވެ. އެއީ ﷲ – تبارك وتعالى – ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴾ [سورة غافر ٨]

މާނައީ: "އަޅަމެންގެ رب އެވެ. އެއުރެންނަށް އިބަރަސްކަލާނގެ ވަޢުދުކުރައްވާފައިވާ ދެމިހުންނަނިވި ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ. އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ ޞާލިހު މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."

އޭނާ ދުނިޔޭގައި ކައިވެނިނުކުރާނަމަ ފަހެ ހަމަކަށަވަރުން އޭނާ ހިތްހަމަޖެހޭފަދަ މީހަކާ – ﷲ تعالى – އޭނާގެ ކައިވެނިކޮށްދެއްވާނެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ١١٦ / طبعة: دار الثريا للنش

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން