"އާނުގަނޑު ތެރެއަށް ވަދެ އިންދިފައި، ހަރުލާފައި އޮތް ކަށްބޮލެއް! ސުވާލަކީ ކިހިނެއް ބާއޭ އެހެން އެވީ؟" މި ސުވާލަކީ ޚަބަރުގައިވާ ފޮޓޯ އާއިއެކު ޝައިޚް ޒަމްޒަމް ފާރިޝް ކުރައްވާފައިވާ ސުވާލެކެވެ.
އަޅުގަނޑުމެން އެއްވެސް މީހަކީ އެމީހަކު މަރުވާނެ ތަނަކާއި ވަޅުލެވޭނެތަނެއް ނުއެނގޭތަނުގައި ވަޅުލެވޭނެކަންވެސް އެނގޭނެ މީހެއް ނޫނެވެ. ވީނުވީއެއް ނުއެނގި ގެއްލިވެސްދާނެއެވެ. ކަނޑުވެ ނުފެނިވެސްދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ހަމަވެދާނެ ކަމެކެވެ.

ދުނިޔެއަށް އާދެވުމުން 100 އިންސައްތަ ޔަޤީންކަން އޮތް ހަމައެކަނި ކަމަކީ މަރުވާނެ ކަމެވެ. މަރުވުމުން އިންސާނާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއައީއެވެ. އޮތީ މަރަށް ފުރިހަމައަށް ތައްޔާރުވުމެވެ. އެކަމަށް ކުރަން އޮތްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. ޙަޔާތުގެ ދުވަސްތައް ވޭތިކުރުމެވެ.