ފަރުޟު ނަމާދެއްގަ ރަކްޢަތް މަދުކުރެވޭނީ ހަމައެކަނި ޝަރުޠު ހަމަވާ ދަތުރުވެރިން ޤަޞްރުކުރާނަމަ-: ޝައިޚް މުޙައްމަދު މަންޞޫކުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފަރުޟު ނަމާދެއްގަ ރަކްޢަތް މަދުކުރެވޭނީ ހަމައެކަނި ޝަރުޠު ހަމަވާ ދަތުރުވެރިން ޤަޞްރުކުރާނަމަ-: ޝައިޚް މުޙައްމަދު މަންޞޫކުރު

ހާމަވެގެން އުޅޭ މެސެޖަކާއިބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް އެބަ ކުރިމަތިވެއެވެ. އެމެސެޖުގައި ބުނެފައިވަނީ ކޮވިޑުގެ ޙާލަތާއި ގުޅިގެން ބައެއް ނަމާދުތަކުގެ ރަކްއަތް މަދުކުރަންޖެހޭ ކަމަށެވެ. އެއީ ކޮން ނަމާދުތަކެއްގައިކަން ބަޔާންކޮށްފައެއް ނުވެއެވެ.

ގިނަ ބައަކު އެއްވެ ޖަމާޢަތުގައި ކުރަނީ ފަރުޟު ނަމާދެވެ. ފަރުޟު ނަމާދެއްގެ ރަކްޢަތްތައް މަދުކުރުމަކީ ކޮވިޑާއި ގުޅުވައިގެން ކުރެވޭނެ ކަމެއް ނޫނެވެ. ފަރުޟު ނަމާދެއްގައި ރަކްއަތްތައް މަދުކުރެވޭނެ ހަމައެކަނި ޙާލަތަކީ ހަމައެކަނި ދަތުރުވެރިޔާގެ ނަމާދު ޤަޞްރުކުރާއިރުއެވެ.

ސުންނަތް ނަމާދުތަކަށް ބަލާއިރު ސުންނަތް ނަމާދުތައް ކުރަނީ އެކަނިހުރެއެވެ. ވީމާ ކިތަންމެ ގިނަ ރަކްޢަތެއް ކުރުމަކީވެސް ކޮވިޑާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ.

--ޝައިޚް މުޙައްމަދު މަންޞޫރު

ގުޅުންހުރި ލިޔުން:

https://islamqa.org/hanafi/qibla-hanafi/36063/prayer-while-traveling-qasr-salah-and-its-conditions/

މިއަދު އޮންލައިން