ޤިޔާމަތުގެ ކަންކަން އަޅުގަނޑުމެން މިޤަބޫލުކުރާ ގޮތަށް ބައިބަލްގަވެސް އެބައޮތް-: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 7ސ
ޤިޔާމަތުގެ ކަންކަން އަޅުގަނޑުމެން މިޤަބޫލުކުރާ ގޮތަށް ބައިބަލްގަވެސް އެބައޮތް-: ޝައިޚް ފަރީދު

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފަވޭ. " فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً "  ފަހެ ކުއްލިއަކަށް ޤިޔާމަތް އަތުވެދާނެކަމަށްހޭ އެމީހުން އެ އިންތިޒާރު ކުރަނީ. "فَقَدْ جَآءَ أَشْرَاطُهَا"  ފަހެ ހަމަ ކަށަވަރުން އެދުވަހުގެ ޢަލާމާތްތައް އަތުވެއްޖެއޭ  " فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ" ދެންފަހެ އެބައިމީހުންނާ ހަމައަށް އެ ޢަލާމާތްތައް އަތުވެއްޖެކަމަށްވާނަމަ އެބައިމީހުންގެ ހަނދުމަކުރުން ވާނީ ކިހިނެކުން ހެއްޔޭ؟ 

ލޮބުވެތި އެންމެހާ ބޭފުޅުންނޭ! އަޅުގަނޑުމެންނަށް ބޮޑުވެގެންވާ ޢަލާމާތެއް ފެނިއްޖެކަމަށްވާނަމަ، ޤިޔާމާތުގެ ބޮޑު ޢަލާމާތެއް ފެނިއްޖެކަމަށްވާނަމަ އެހިސާބުން އަޅުގަނޑުމެން ބިރުން ފިތްކަނޑައިގެން ހިނގައިދާނެ. އާދެ، އެ ޢަލާމާތްތަކުގެ ތެރޭގަ ވަރަށް ގިނަ ޢަލާމާތްތައް އެބަހުރި. އަދި ހަމަ އެހެންމެ ޤިޔާމާތުގެ ކުރިން ހިނގާނޭ ކުދިކުދި ވަރަށް ބައިވަރު ޢަލާމާތްތައް އެބަހުރި. ވަރަށްގިނަ ޢަލާމާތްތައްވަނީ ހިނގާ ނިމި ގޮސްފައި. އަނެއްބައި ޢަލާމާތްތައް ހިނގަމުން ދަނީ. އަދިވެސް ބައެއް ކުދި ޢަލާމާތްތައް އެބަހުރި. ބޮޑެތި ޢަލާމާތްތަކުގެ ދެމެދުގަ ހިނގާނެ ކުދިކުދި ޢަލާމާތައްތައް އެބަހުރި. އެހެންނަމަވެސް ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން އެއްވެސް ޢަލާމާތެއް އަދިއެއް ފާޅެއް ނުވޭ. އެހެންނަމަވެސް ދުނިޔެ ފަސާދަވެގެން މިދަނީ އެ ޢަލާމާތްތައް ފާޅުވާން ހަމަ، ފާޅުވާ މިންވަރަކަށް ފާޅުވާން ތައްޔާރުވާ މިންވަރަކަށް. 

އާދެ! އަޅުގަޑާ ބައްދަލުވި ވޮލަންޓިއަރ ސާރވިސް އޯގަނައިޒޭޝަންގެ ބަޔަކާ ބައްދަލުވެގެން ޤިޔާމަތުގެވާހަކަ ޤިޔާމަތުގެ ޢަލާމާތްތަކުގެ ވާހަކަ ދެއްކުމުން އެމީހުން އަޅުގަޑުގެ ގާތުގާބުނީ ތިޔައީ ބައިބްލްގައި ހަމަ ހުރި ވާހަކަތަކޭ ހަމަ އެގްޒޭކްޓްލީ ހަމަ ބަރާބަރަށް އޭގައި ހުރި ވާހަކަތަކޭތީ، އަޅުގަޑު ބުނިން އެބައިބްލްގައި ހުރި އެއްޗިއްސަކީ ވެސް ޤުރްއާނާއި އެއްގޮތް އެއްޗެއް ކަމުގައިވާނަމަ އެއީ ހަމަ ތެދުތެދޭ. އަޅުގަޑުމެން ޤަބޫލުކުރަމޭ، އަޅުގަޑުމެން ޤަބޫލުކުރަމޭ 

ޢީސާ ޢަލައިހިއްސަލާމަކީ ﷲގެ ނަބިއްޔެއް ކަމުގައި އަދި އިންޖީލަކީ ﷲ އެކަލޭގެފާނަށް ބާއްވާލެއްވި ފޮތެއްކަމުގައި އަޅުގަޑުމެން ޤަބޫލުކުރަމޭ އެހެން ނަމަވެސް އެއަށް ޢަމަލުކުރުން މަންސޫޙް ކުރައްވާފައޭވަނީ އެމީހުން އެވަނީ އެމީހުންގެ ފޮތް ބަދަލުކޮށްފާ ކަމަށޭ އަޅުގަޑުމެން ޤަބޫލު ކުރަނީ، އެމީހުނަށް ވަރަށް އަސަރުކުރި އަސަރުކޮށް އެންމެފަހުން، އަޅުގަނޑު ހިތަށްއެރި މިމީހުން ފަހަރުގާ އީމާންވެސް ވެދާނެއޭ އެހެންނަމަވެސް އެމީހުންގެ ތެރޭގަ ހުސް އަންހެންކުދިންތިބީ ޅަވަރުގެ ގިނަ އަންހެންކުދިންތައް ތިބި، ކޮންމެވެސް ވަރަކަށް ދެބައިޢުމުރުގެ މީހުންވެސް ތިބި.

އެހެންނަމަވެސް އެތާގައި ހަރުކުލައިގެ ފިރިހެނަކު ހުރި ހުރެފާ ކުށްލިއަކަށް ގަޑިބަލާފަ ބުނި ކުއްލިއަކަށް ދާންޖެހިއްޖޭ ނެތޭވަގުތެއް އެހިސާބުން އެދިޔައީ ދެންހުރި ވާހަކަތަކެއް އަޑެއް ނޭހުނު އަޅުގަޑު އުންމީދުކޮށްގެންހުރީ އެމީހުން އީމާންވާނެކަމަށް އިންޝާﷲ.

އާދެ! ވީއިރު ޔޫރަޕާއި އެމެރިކާގެ އެކިއެކި ޤައުމުތަކުގަ އަޅުގަޑުމެނަށް މިއަދު ފެންނަމުންދަނީ އެންމެބާރަށް ދަތުރުކުރާ ދީނަކީ އެންމެ ބާރަށް ފެތުރެމުންދާ ދީނަކީވެސް އިސްލާމް ދީންކަމުގާ، އެމީހުންނަށް މިއަދު އިސްލާމްދީނުގެ ރީތި ގޮތްތައް ރީތި އަޞްލުތައް ފެނިގެންދާއިރު އަޅުގަޑުމެން އިސްލާމުންގެ ތެރޭގައިމިއޮތް މަޢްލޫމާތާއި، އިސްލާމްދީނުގެ ޢިލްމާއި މިހުރިހާ އެއްޗިއްސަށް ބީރުކަންފަތެއްދީ މިއެއްޗިއްސަށް ފުރަގަސްދީ ދީނެއް ޤަބޫލުނުކުރާ އެތައް ބައިވަރު ބަޔަކު އުޅެމުން އެބަދޭ ، 

މިއަށްވުރެ އެންމެ ނުބައިކަމަކީ އިސްލާމްދީނަށް ޢަދާވަތްތެރިވާ މީހުން ވެސް އަޅުގަޑުމެންގެ ތެރޭގައި އެބައުޅޭ، އެހެންވެ އިގިރޭސިބަހުން މިކިޔަނީ އިސްލާމްދީނަށް ނަފްރަތުކުރާ މީހުންނަށް އަދި ހަމައެހެންމެ އިސްލާމްދީނަށް ދެކޮޅުވެރިވާ މީހުންނަށް، އިސްލާމްދީނާއި އެހެންދީންތަކަށް މާބޮޑަށް ތަފާތުކޮށް އިސްލާމްދީނަށް އިހާނެތިކޮށްހިތާމީހުންނަށް މިކިޔަނީ ނުވަތަ އެކަން ކުރުމަށް މިކިޔަނީ "އިސްލާމު ފޯބިއާ" ފޯބިއާ އިސްލާމް، އިސްލާމް ފޯބިއާ، އިސްލާމްދީނަށް ނަފްރަތު ކުރުން، އިސްލާމްދީން ދެކެ ރުޅިއައުން، އިސްލާމްދީނަށް ޢަދާވާތްތެރިވުން، އިސްލާމްދީނާއި އެހެން ހުރިހާދީނަކާއި ތަފާތުކޮށް އިސްލާމްދީން އިނދަޖައްސާލަން މަސައްކަތްކުރުން، 

އާދެ! އެއީ ދީންދެކެ ރުޅިއަރާމީހުން ކުރާ ކަމެއް. އެއްވެސް ދީނެއް ޤަބޫލު ނުކުރާމީހުންނަށް މާބޮޑުކަމެއްނޫން، އިސްލާމް ދީންވިޔަސް، ޔަހޫދީ ދީންވިއަސް، ނަޞާރާ ދީން ކަމަށް ވިއަސް، ބުދުދީން ވިއަސް، ހިންދުއިޒަމް ވިއަސް އަދި މަޖޫސީން ވިއަސް މާބޮޑު މައްސަލައެއް ނޫން އެމީހުންނަކީ އެއްވެސް ދީނަކަށް އީމާންވާ ބައެއްނޫން ވިއްޔަ އެހެންނަމަވެސް އަޅުގަޑުމެންގެ ތެރެއިން ބަޔަކު މީހުން އެގޮތްގޮތް އެމީހުންނަށް ރީތިވަނީ އެއްވެސް ދީނެއް ޤަބޫލު ނުކުރުމަށް އެމީހުން ދަނީ ޝައްކެއްނެތް ގޮތުގައި ޝައިޠާނާގެ ވަސްވާހުގާ ޖެހިގެން އަދިހަމަ އެހެންމެ އަނެއްބައަކު އިސްލާމްދީންދެކެ ރުޅިއަންނަނީ އެމީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ތެދުމަގަށް ފުރަގަސްދޭ ޙާލުގައި ﷲ ގެ ހިދާޔަތަށްވުރެން ވަކިން މަތިވެރި އެއްޗެއް އެބައޮތްތޯ އެމެރިކާއާއި ހުޅަނގުގެ އެންމެހައި ޤައުމުތަކުން އެބައިމީހުންގެ ތެރެއިން ވިސްނޭމީހުން އެމީހުން އެބަ ޤަބޫލުކުރޭ އިސްލާމްދީނަކީ ޙައްޤު ދީންކަން ކޮންމެ ދުވަހަކުވެސް އިސްލާމްދީނަށް ވަންނަމުންދާ އެތައް ބައިވަރު ބައަކު އުޅޭ އެހެންނޫންނަމަ އެމީހުން ދޫކުރާނީތާ އެމީހުން އިސްލާމްދީނަށް ވަންނަނީ އަޅުގަޑުމެންގެ ތެރެއިން މީހުން އަޅުގަޑުމެންގެ މިއުންމަތުގެ އިސްލާމީ އުންމަތުގެ ތެރެއިން ބަޔަކުމީހުންނިކުންނަނީ އެމީހުން ވަންނަނީ އިސްލާމީ އުއްމަތުގެ މީހުންގެ ތެރެއިން ބައަކުމީހުން ނިކުންނަނީ.

ޝައިޠާނާގެ ވަސްވާސް ދެވަނަ އެހެން އެއްވެސް އެއްޗެއްނޫން އަދި އެމީހުންގެ ނުބައިކަމަކުންވެސް ނޫން އެހެން އެވަނީ ޝައިޠާނާގެ ދަންމަޅީގަ ޖެހެނީ ޝައިޠާނާގެ މަކަރުވެރި ރޭވުމުގައި ޖެހެނީ އެހެންވީމާ އަޅުގަޑު މިއަދު މިމަޤާމުގާ ހުރެގެން އަޅުގަޑުމެންގެތެރެއިން ދީން ޤަބޫލުނުކުރާ މީހުންނަށް އަޅުގަޑުމެންގެ ތެރެއިން އިސްލާމްދީނަށް ޢަދާވާތްތެރިވާ އެންމެހައި ފަރާތްތަކަށް އަޅުގަޑު ގޮވާލަނީ ތިބޭފުޅުން ބައްލަވާށޭ އިސްލާމްދީނުގެ ޙަޤީޤީ ޞޫރަ އިސްލާމްދީނުގެ ޙަޤީޤީ މައުލޫމާތުތައް ހޯއްދަވައި ގެން އެއާމެދު ވިސްނާ ފިކުރުކުރާށޭ، އާދެ! ޝައްކެއްނެތް އިންޝާﷲ އެބައިމީހުނަށްވެސް ﷲ ތެދުމަގު ދައްކަވާނެ. ތެދުމަގަކީ އެމީހަކު ބޭނުންވެއްޖެ ކަމަށްވާނަމަ ﷲ އިރާދަ ކުރައްވާނެ ތެދުމަގު އެހެންވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ތެދުމަގު ލިބުނީ އެއަށްވުރެ ވަކި މަތިވެރި ނިޢްމަތެއް މިދުނިޔެމައްޗަކު ނޯންނާނެ. އެހެންވީމާ އަޅުގަޑުމެން ވިސްނަންވީ އަޅުގަޑުމެން ތިބި އިސްލާމްދީން މަތީގައި ސާބިތުވާން އަޅުގަޑުމެން މިތިބަ ދީނަށްވުރެ ހެޔޮވެގެންވާ ދީނެއް ނެތް.

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން