ލިބޭ އާމްދަނީ މަދުވުމުން ގިނަ ބައަކު ތިބީ "ބޯގޮވާފަ"! އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ލިބޭ އާމްދަނީ މަދުވުމުން ގިނަ ބައަކު ތިބީ "ބޯގޮވާފަ"! އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާތި!: މުފްތީ މެންކް

ދުނިޔޭގެ ގިނަ ބައަކު މިހާރުވެސް ދިރިއުޅެމުން ގެންދަނީ ހާސްކަމާއި ހިތްދަތިކަމާއި އަދި ވަރަށް ދަތިޙާލުގައެވެ. ގިނަ ބައެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އާމްދަނީއެއް ނުލިބެއެވެ. ރަނގަޅަސް ބަލައިފިނަމަ ވަރަށް މަދު ބައަކު ނޫނީ ދިރިއުޅެމުން ގެންދަނީ ވަރަށް ދަތިޙާލުގައެވެ.

މިފަދަ ވަގުތެއްގައި ސޯޝަލް މީޑިއާގައިވެސް އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ. އޭނާ ހުރީ ކޮންހާލެއްގައިކަމެއް ނުއެނގޭނެއެވެ. އެންމެންނަކީ އެމީހުންގެ ހިތްދަތިކަން އިއުލާނުކުރާ ބައެއް ނޫނެވެ.

ވީމާ މިޙާލަތުގައި އެއްވެސް މީހަކަށް ބަހެއް ބުނާނަމަ ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ބުނަންވާނީ އަނެކާއަށް ހިތްހަމަޖެހުން ލިބޭނެ، ހިތްވަރުދިނުމުގެ ބަސްތަކެވެ. ޞަދަޤާތަސް ދޭނެ އެއްޗެއް އަތުގައި ނެތްމީހާ، އަނެކާއަށް ހިތްވަރުދީ ބުނާ ކޮންމެ ހެޔޮބަހަކީވެސް ޞަދަޤާތެކެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން