އަނބިދަރިންނަށް ހޭދަނުކޮށް މުދަލާއިގެން ތިއަވަރަކަށް ތެޅިފޮޅޭއިރު ތިބާގެ އަމިއްލަ ހަށިގަނޑުވެސް ތިބާއާއި ވަކިވެގެންދާނެކަން ނޭނގެނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަނބިދަރިންނަށް ހޭދަނުކޮށް މުދަލާއިގެން ތިއަވަރަކަށް ތެޅިފޮޅޭއިރު ތިބާގެ އަމިއްލަ ހަށިގަނޑުވެސް ތިބާއާއި ވަކިވެގެންދާނެކަން ނޭނގެނީ ހެއްޔެވެ؟

ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ވީހައި ގިނަ މުދައު އެއްކޮށް އެންމެ ބޮޑު މުއްސަންޖަކުކަމުގައިވުމަށެވެ. އެމީހުންނަށް ނުއެނގޭ ނުވަތަ ޤަބޫލުނުކުރެވޭ ކަމަކީ އެއްކުރާ ހުރިހާ މުދައު އެމީހަކާއި ވަކިވެގެންދާނެ ކަމެވެ. ހަމައެކަނި ތިމާ އާއިއެކުގައި ވާނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރި އެއްޗެއް ކަމެވެ.

ވިސްނައިލާށެވެ! ތިބާ މަރުވަނީއެވެ. މަރުވުން ކަމަށް ކިޔަނީ ހަށިގަނޑާއި ފުރާނަވަކިވުމަށެވެ. ދެތަންވުމަށެވެ. އެހިސާބުން ހަށިގަނޑު ކުނިވެ ފުޅައަޅައި ބިމުހުރިވެއްޔާއިއެކުވެގެންދެއެވެ. އެންމެ ކަށިކޮޅެއް ފިޔަވައި ހުރިހާ ކަށިތައްވެސްމެއެވެ. ނަމަވެސް ތިބާގެ ފުރާނަ މަރެއް ނުވެއެވެ. ދިރިހުރެއެވެ. ފަނާވުމެއް ނެތިއެވެ. ތިބާގެ ފުރާނައަސް ޢަޛާބު ނުވަތަ ޘަވާބު ލިބިލިބި ހުރެއެވެ.

އެކަމުން އަންގައިދެނީ ތިބާގެ އަމިއްލަ ހަށިގަނޑުކަމަށް ތިއަ ދައުވާކުރާ ހަށިގަނޑުވެސް ތިބާ އާއިވަކިވެގެންދާނެކަމެވެ. ވީމާ އާޚީރަތް ލިބިގަންނަން ކުރަންޖެހޭ މަސައްކަތް ދޫކޮށްލާފައި ތިއަ އެއްކުރާ މުދައުތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މީސްތަކުންނޭވެ! މުދައު ނުވަތަ ތަނަވަސްކަން ދެއްވަވައިފިނަމަ އަނބިދަރިންނަށް ހޭދަކުރާށެވެ! މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ހޭދަކުރާށެވެ! ބޭނުންޖެހިފައިވާ މީސްތަކުންނަށް ހޭދަކުރާށެވެ! ލިބުު ތަނަވަސްކަމުން ފައިދާކުރާނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން