ރިބާ ކާމީހުން ޤިޔާމަތް ދުވަހުން ކައްވަޅުން ތެދުވާނީ، ޖިންނި މޮޔަވެގެން، ޝައިޠޯނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރިބާ ކާމީހުން ޤިޔާމަތް ދުވަހުން ކައްވަޅުން ތެދުވާނީ، ޖިންނި މޮޔަވެގެން، ޝައިޠޯނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިންނެވެ!

"ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠޯނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގޙަމްރަތުން ދެއްވާ ވަޢުޡް އާއި ނަޞޭޙަތް، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: ރިބާކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ." (އަލްބަޤަރާ: 275)

"ވިޔަފާރި އާއި ރިބާގެ ފަރަޤު ނުދައްނަ ޖާހިލުން އިއްޔެވެސް އަދި މިއަދުވެސް ބުނާނީ އެއީ އެކައްޗެއް ކަމުގައެވެ ނަމަވެސް މުއުމިނުން އީމާންވާނީ މާތް الله ގެ ވަޙީބަސްފުޅަށެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ގެ ނޭޅުނަސް، ސައިކަލް ނުދުއްވުނަސް ވިޔަފާރި ނުކުރެވުނަސް އެއްވެސް ބޭނުމެއް ނުފުދުނަސް ރިބާ އާއި ދުރުހެލިވާށެވެ!

މިއަދު އޮންލައިން