ދަތްތަކަށް މައްސަލަތައް ކުރިމަތިވަނީތަ؟ ސިވާކު ދަނޑިން ދަތް އުނގުޅުމުން ގިނަ ފައިދާތަކެއް ކުރާކަން ސައިންސްގެ ހޯދުންތަކުން ސާބިތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަތްތަކަށް މައްސަލަތައް ކުރިމަތިވަނީތަ؟ ސިވާކު ދަނޑިން ދަތް އުނގުޅުމުން ގިނަ ފައިދާތަކެއް ކުރާކަން ސައިންސްގެ ހޯދުންތަކުން ސާބިތުވެއްޖެ!

ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ. މިއީ ސަހަރާ ތެރޭގައި ހެދޭ ގަހެއްގެ މުލެކެވެ. މި ދަނޑިކޮޅުން ދަތްސާފުކޮށް އަދި އަނގައިން ވަސްފިލުވާލަން ބޭނުންކުރެވޭ ދަތް އުނގުޅާ ޤުދުރަތީ ބުރުހެކެވެ. މި ބުރުހުގެ މޮޅުކަމަކީ ކިތަންމެ ވަރަށް ދަތްއުނގުޅާފައި ނުދޮވެ ބޭއްވިޔަސް ނުބައިވަސް ނުދުވުމެވެ.

އާދެ ޔުނިވަރސިޓީގެ ދިރާސާއިން ދެއްކިގޮތުގައި މި ޤުދުރަތީ ބުރުހުުގައި ވަރަށް ގިނަ ފައިދާކުރަނިވި މިނެރަލް މާއްދާތައް ހިމެނެއެވެ. އެގޮތުން ކޮލޮރައިޑާއި ސޯޑިއަމާއި ޕޮޓެސިއަމާއި އަދިވެސް މީރުވަސް ދުއްވާ އެހެން މާއްދާތައް ހިމެނެއެވެ. އަދި އޭގެ އިތުރުން މިދަނޑިބުރުހުގައި ހިރުގަނޑު ވަރުގަދަ ކުރާ މާއްދާތަކާއި އަދި ނުބައިވަސް ފިލުވާލުމުގެ ޤާބިލުކަން ލިބިގެންވާ މާއްދާތައްވެސް އެކުލެވިގެންވެއެވެ. އަދި އަނގަތެރެ ސާފުކޮށްދޭ މާއްދާތައްވެސް ހިމެނޭކަމަށް މިދިރާސާއިން ދައްކައެވެ. މާޝާ ﷲ

މިދަނޑިކޮޅު ބޭނުންކުރުމަކީ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދަތިނުވާނެނަމަ ކޮންމެ ނަމާދަކާއިއެކު ސިވާކުކުރުމަށް (އެބަހީ: ދަތް އުނގުޅުމަށް) އަމުރުކުރެއްވީމުހެވެ." (މުއްތަފަޤުން ޢަލައިހި)

އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

ހަވާލާ: ލުއުލުއު ވަލްމަންޘޫރު

މިއަދު އޮންލައިން