ހެޔޮދުޢާކުރީ ކޮންދަރިންނެއްކަން މައިންބަފައިންނަށް އަންގަވާނެތެވެ! ހެޔޮދުޢާކުރަން ބޭނުންނަމަ ފުރަތަމަ ޞާލިޙް ދަރިއަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހެޔޮދުޢާކުރީ ކޮންދަރިންނެއްކަން މައިންބަފައިންނަށް އަންގަވާނެތެވެ! ހެޔޮދުޢާކުރަން ބޭނުންނަމަ ފުރަތަމަ ޞާލިޙް ދަރިއަކަށްވާށެވެ!

މައިންބަފައިންނަށްޓަކައި ކޮށްދޭންޖެހޭ ޚިދުމަތް އޮންނަނީ ގިނަ ފަހަރަށް އެމީހުން ދުނިޔޭގައި ތިއްބައި ފުރިހަމަގޮތުގައި ނުކުރެވިފައެވެ. އެކަން ފޫބައްދަން ކުރަން އޮތް ކަމަކީ މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރުމާއި ޞަދަޤާތް ކުރުން ފަދަ މައިންބަފައިންނަށް އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަން ކުރުމެވެ. 

މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރެވޭނީ ތިމާއަކީ ޞާލިޙް މީހަކަށްވެގެންނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީވެސް އެއިރުންނެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތީ ތިމާއަކީ ޞާލިޙް އަޅަކަށްވުމެވެ. ޞާލިޙް ދަރިން ކުރާ ހެޔޮ ޢަމަލުތަކުންވެސް މައިންބަފައިންނަށް ފައިދާކުރާނެއެވެ. އެހެނީ އެދަރިފުޅު ޞާލިޙް ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނީ މައިންބަފައިންގެ މަސައްކަތުންނެވެ. 

އެހެންކަމުން ޞާލިޙް ދަރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރަން މައިން ބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނޫންނަމަ އެކަންވާނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ޢަމަލުކުރުމުގައި އިހްމާލުވުން ކަމަށެވެ. އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހުން އުފުލަންޖެހޭނެއެވެ. 

މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރަނީ ކޮންދަރިންނެއްކަން މައިންބަފައިންނަށް އެނގޭނެއެވެ. އެހެނީ އެމީހުން ސުވަރުގެ ވެއްދެވުމަށްފަހު އެމީހުންގެ ދަރަޖަ އުފުލެއްވުމުން އެކަމުގެ ސަބަބާއިމެދު މައިންބަފައިން ސުވާލުކުރާނެއެވެ. އެހިނދު އެމީހުންނަށް ބުނެވޭނެތެވެ. "އެއީ ތިބާގެ މިވެނި ދަރިއަކު ކުރި ހެޔޮދުޢާގެ ސަބަބުންނެވެ."

މިއަދު އޮންލައިން