ތިމާއަށް އެހީތެރިވާނެ މީހަކު ނެތްކަމަށް ހީކުރެވި މާޔޫސްވެވޭނަމަ ފަރުވާ މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާއަށް އެހީތެރިވާނެ މީހަކު ނެތްކަމަށް ހީކުރެވި މާޔޫސްވެވޭނަމަ ފަރުވާ މިއޮތީއެވެ!

އަހަރެމެން މުސްލިމުންގެ ތެރެއިން އަޅުކަންކޮށް އުޅޭ ބައެއް މީހުންނަށްވެސް ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ތިމާއަކީ އެކަނިވެރިއެއްކަމާއި އަޅައިލާނެ އެއްވެސް މީހަކު ނެތްކަމަށް ޤަބޫލުކުރެވެއެވެ. އެގޮތަށް ވިސްނެން ފެށުމުން މާޔޫސްކަން ލިބެއެވެ. އަދި ވަރަށް ގިނަ ފަހަރު އަޅުކަންކުރުމާއި ދުރުހެލިވެސް ވެއެވެ. 

މިއީ ހަމަ ކޮންމެ މީހަކަށް ނަމަވެސް ދިމާވެދާނެ ޙާލަތެކެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން އެމީހާގެ އީމާންކަން ކުޑައީ ކަމަށް ދެކެގެންވެސް ނުވާނެއެވެ. ހަމައެކަނި ކޮށްލަންއޮތް ކަމަކީ އީމާންކަން ވަރުގަދަކޮށްލަން އިތުރަށް މަސައްކަތްކުރަންވީއެވެ. ތިމާ މިހުރީ އެކަނި ނޫންކަމާއި ﷲ ތަޢާލާ ތިމާ އާއިއެކު ވޮޑިގެންވާކަން ހަނދާކުރަންވީއެވެ. މިއާޔަތަށް ވިސްނައިލަންވީއެވެ. މިއާޔަތަށް ޢަމަލުކުރަންވީއެވެ! 

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152) 

ކޮށްލަން އޮތް ކަމަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކޮށްލަންވީއެވެ. ވީހައި ގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރަންވީއެވެ. ﷲ ތަޢާލާ ހަނދުމަކުރުމަކީ ހަމައެކަނި ނަމާދުގައި ކުރާކަމަކަށް ނުހަދާށެވެ. ގިނަގިނައިން ޛިކުރުކުރާށެވެ. ކޮންމެ މަސައްކަތެއް ކުރަމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. 

އެ ނިޔަތުގައި ތިބާ ޢަމަލުކުރަން ފަށައިފިނަމަ އިސާހިތަކު ތިބާއަކީ ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާ އަޅަކަށްވެވިދާނެއެވެ. އެއިރުން ތިބާ ވެގެންދާނީ ތިބާގެމަތިން ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ އަޅަކަށެވެ. އެޙާލަތަށް ތިމާއަށް ދެވިއްޖެނަމަ ޙައްލު ނުކުރެވޭނެ މައްސަލައެއް ނުއޮންނާނެއެވެ. އަބަދުވެސް ހުރެވޭނީ ހަމަ އުފަލުންވެސްމެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން