ދުނިޔެއަށް އެދެން އޮތީ ގިނަވެގެން ތިންބައިކުޅަ އެއްބައަށެވެ!: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދުނިޔެއަށް އެދެން އޮތީ ގިނަވެގެން ތިންބައިކުޅަ އެއްބައަށެވެ!: ޑރ. ޒާކިރު ނައިކް

ދުނިޔެއަށް އެދެން އޮތީ ގިނަވެގެން ތިންބައިކުޅަ އެއްބައަށެވެ. އަނެއް ދެބައި އެދެން އޮތީ އާޚިރަތުގައެވެ. އެކަން އެނގެނީ ކީރިތި ޤުރްއާނުގެ މިއާޔަތުންނެވެ. 

"އަދި [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚީރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ] އޭ ކިޔައި، ދުޢާ ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ." (އަލްބަޤަރާ: 201) 

މިއާޔަތުގައިވަނީ 3 ބައެކެވެ. 1. ދުނިޔޭގެ ހެޔޮކަން ދެއްވެވުމަށް އެދުން 2. އާޚިރަތުގައިވެސް ހެޔޮކަން ދެއްވެވުމަށް އެދުން 3. ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމަށް އެދުން. 

ވީމާ ދުނިޔެއަށް އެދެވޭނެ މިންވަރު މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. ދެން އޮތީ ދުނިޔެއަށް އެދޭމީހުންގެ ވާހަކައެވެ. 200 ވަނަ އާޔަތުގައި ވަނީ ދުނިޔެއަށް އެދޭ މީހުންގެ ވާހަކަވެސް ބަޔާން ކުރައްވަވައިފައެވެ. 

"ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ] އޭ ކިޔައި ދުޢާ ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ." (އަލްބަޤަރާ: 200)

މިހައި ސާފުކޮށް މިކަންކަން އެނގެން އޮތްއިރު ދުނިޔެއަށް ދަހިވެތިވުމުގައި އިމުގެ ތެރެއިން ޢަމަލުކުރާށެވެ. އެއިން ކުރިން މިބަޔާންކުރީއެވެ. އެއިމުން ބޭރުވެ ދުނިޔޭގެ އެދުމަށް ދަހިވެތިކަން އިތުރުކުރުމުން ވާނެ ގޮތް މިއާޔަތުން އެއޮތީއެނގޭށެވެ. " އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ."

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

މިއަދު އޮންލައިން