ކައިވެނިކުރާއިރު އެކުގަ ޢުމުރަށް ދިރިއުޅުމަށް އިޚްލާޞްތެރިކަމާއެކު ނިޔަތްގަނެފިނަމަ ދުލާ ގުނަވަންތަކުން އެކަން ތަންފީޒުކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެނިކުރާއިރު އެކުގަ ޢުމުރަށް ދިރިއުޅުމަށް އިޚްލާޞްތެރިކަމާއެކު ނިޔަތްގަނެފިނަމަ ދުލާ ގުނަވަންތަކުން އެކަން ތަންފީޒުކުރަންޖެހޭނެ!

ކައިވެނިކުރާއިރު އެކުގަ ޢުމުރަށް ދިރިއުޅުމަށް އިޚްލާޞްތެރިކަމާއި ނިޔަތްގަނެގެން ކައިވެނިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ! އެހެނީ ކޮންމެ އަމަލެއްވެސް ވަނީ އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށެވެ. އަދި އެކަމަށް އެދިގެން މަސައްކަތްކުރި މިންވަރެއްގެ މައްޗަށެވެ. 

ކައިވެންޏަކީ އަޖުމަބަލައިލަން ނުވަތަ ވަގުތީ އުފަލެއް ޙާޞިލުކުރަން ނިޔަތްގަނެގެން ކުރަންވާނެ ކަމެއް ނޫނެވެ. އެހެނީ ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ހަދަން ހެޔޮނުވާނެތީއެވެ. ތިމާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައަކީ ކައިވެނިކަމުގައިވާތީއެވެ. 

إنَّمَا الْأَعْمَالُ بِالنِّيَّاتِ 

މިޙަދީޘްފުޅުގައިވާ الأعمال އަށް ބަލައިފިނަމަ ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ. 

ވީމާ ކައިވެންޏާއި ގުޅުވައިގެން ބަލާނަމަ ނިޔަތުގައި އިޚްލާޞްތެރިކަން އޮތުމާއިއެކު ދުލުން ބުނާ ބަސްތަކާއި އެމީހާ ކުރާ ޢަމަލުތައް ނިޔަތާއި ގުޅިގެންދެއެވެ. ވީމާ ތިމާގެ ނިޔަތް ރަނގަޅުކަމަށްބުނެ ދުލުން ނުބައިބަސްތައް ބުނާނަމަ އަދި އަނެކާ ނުރުހޭނެ ޢަމަލުތައް ކުރާނަމަ ކައިވެނި ދަމަހައްޓަން އޭނާގެ ކިބައިގައި ރަނގަޅު ނިޔަތެއް އޮތްކަމަކަށް ނުބެލެވޭނެއެވެ. 

މިހާރަކަށް އައިސް ކުރެވޭ ބައެއް ކައިވެނިތައް ކުރާތަނުން މައްސަލަތައް ޖެހެންފަށަނީ ހިތުގެ ޢަމަލުތަކާއި ދުލުގެ ޢަމަލުތަކާއި އަދި ގުނަވަންތަކުން ކުރާ ޢަމަލުތައް ދިމާނުވާތީއެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަށް ސަމާލުކަންދޭނަމަ ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވެގެންދާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން