އަޅުގަނޑަކީ ފަޤީރެކެވެ. އެހެނަސް އަޅުގަނޑު އެންމެ ބޮޑަށް ދާން ބޭނުންވާތަނަކީ މައްކާގެ ޙަރަމްފުޅެވެ. ދެން މަސްޖިދުއްނަބަވީއެވެ. އެކަމަށް އެދި އަބަދުވެސް ދުޢާކުރަމެވެ.
މައްކާއަށް ދެވޭ ބައެއް އެކުވެރިން އަޅުގަނޑަށް އަތަރުގެ ބާވަތެއް ގެނެސްދެއެވެ. އަދި އެވަހަކީ މައްކާގެ ޙަރަމްފުޅުގައިވާ އުރަކޮޅުން ދުވާ ވަސްކަމަށް ބުނެއެވެ. އެއީ އަޅުގަނޑަށް ވަރަށް މީރު ވަހެކެވެ.
އެއީ އަނދިރި ރެއެކެވެ. މަގުމަތީގެ ގިނަ ބައްތިތައްވަނީ ނިވިފައެވެ. ޢިޝާނަމާދުން ފައިގެން ދަނިކޮށް މިބުނިވަސް އަޅުގަނޑަށް ވަރަށް ގަދައަށްދުވިއެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނެއެވެ. ވީމާ ވަސް އައިގޮތެއް ނުއެނގުނެވެ.
އެރޭ ފަތިހު މިސްކިތުގެ އިމާމް ގާތު އެވާހަކަބުނުމުން ބުނީ އެވާހަކަ އެހެން މީހުންގެ ގާތުގައި ނުބުނެ ކެތްތެރިވުމަށެވެ. އިތުރު ބަހެއް ނުބުންޏެވެ. އެހެން ހުއްޓާ އެއިގެ 3 މަސްދުވަސްފަހުން ބޮޑުބޭބެއަކު އައިސް ބުނީ އޭނާގެ ދަރިއަކު ޢުމުރާއަށްދާން ފައިސާ ދައްކާފައިވަނިކޮށް ފައިބިދިގެން ދެވެން ނެތްކަމަށާއި ބޭނުމީ ބަދަލުގައި އަޅުގަނޑު ފޮނުވަންކަމަށެވެ.
އަޅުގަނޑު ވަގުތުން އެކަން ޤަބޫލުކޮށް ދަތުރުގޮސް ޢުމްރާވީމެވެ. އިން ޝާ ﷲ
--މިއީ ޣާނާގެ މުސްލިމަކު ލިޔެފައިވާ ޕޯސްޓެކެވެ. ޢުމުރާއަށް ދިއުމުގެ ދަހިވެތިކަން އެހާބޮޑަށް އުވެފައި އެކަމަށް އެދި ދުޢާކުރަމުން ގެންދިއުމުން ކަންކަން މެދުވެރިވި ގޮތް ނިކަން ދެކިބަލާށެވެ!
ތަނަވަސްކަން ނެތް ނަމަ އެކަމަށް އެދިގެން މަސައްކަތްކުރަމުން ދުޢާކުރައްވާށެވެ! މަގެއް ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ