ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ (4)- އެއްވެސް ގަހެއް، ހިޔަލެއް ނެތި ދިރިއުޅޭބައަކު ފެނިވަޑައިގތުން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ (4)-  އެއްވެސް ގަހެއް، ހިޔަލެއް ނެތި ދިރިއުޅޭބައަކު ފެނިވަޑައިގތުން

ޢަލީ އިޙްޞާން ފިރާޤް

 

އިރުމައްޗަށް ކުރެއްވި ދަތުރުފުޅު 

ދެން އެއަށްފަހު، ޛުލްޤަރުނައިން ދަތުރުފުޅު ކުރައްވަމުން އިރުމައްޗާ ދިމާއިން ކުރިއަށް ވަޑައިގެންނެވިއެވެ. އޭނާއަށް އެތަނުން ފެނިޑައިގެންނެވި މީސްތަކުންނަކީ އެބައިމީހުންނަށް އަރައިގެން އަންނަ އިރުގެ ގަދަ ހޫނުން ނިވާކުރާނެ ފަދައެއް، ގޮތެއް ނެތްބައެކެވެ. 

މިވާހަކައަށް އިޝާރާތް ކުރައްވައި ކަޙަފު ސޫރަތުގެ 89 ވަނަ އާޔަތުން 91 ވަނަ އާޔަތުގެ ނިޔަލަށް މާތް ވަޙީ ކުރައްވައިފައިވެއެވެ.

ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾ حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾ كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴿٩١

މާނައީ: [ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ. އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قوم އެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ. ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ].

ޤަތާދާ ވިދާޅުވެފައިވެއެވެ. [އެ ޤައުމުގެ މީސްތަކުން ދިރިއުޅެމުން ގެންދިޔައީ އެއްވެސް ގަހެއް ހެދޭ ބިމެއްގައެއް ނޫނެވެ. އިރު އަރައި ހޫނުވުމުން އެބައިމީހުން ބިންގަރާސްތަކަށްވަދެ، އެތަނުން ރައްކާތެރިކަން ހޯދައެވެ. އިރު މެންދުރުން ލަނބާލާ ފިނިޖެހުމުން ބިންގަރާސްތަކުން ނުކުމެ، ދިރިއުޅުމާގެން ކުރިއަށްދެއެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 208}

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

މިއަދު އޮންލައިން