ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާ ސަބަބު- ޙައްލުކޮށްލަމާ!: ޝައިޚް މަޖީދް މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާ ސަބަބު- ޙައްލުކޮށްލަމާ!: ޝައިޚް މަޖީދް މަޙްމޫދު

އަޅުގަނޑަށް ކުރެވޭ ބައެއް ދުޢާ ޢިޖާބަވަނީ ތަންކޮޅެއް ލަހުންނެވެ. އަނެއްބައި ދުޢާ ވަރަށް އަވަހަށްވެސް އިޖާބަކުރައްވަވައެވެ. މިހެން މިކަން މިވަނީ ކީއްވެގެންތޯއެވެ؟

މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ތަސައްލީއެއް ލިބިލައްވާނެ ކަމަށެވެ.

ޢަލީގެފާނު ވިދާޅުވި ބަސްފުޅެއްގައިވެއެވެ. "ޤިޔާމަތް ދުވަހުގެ ތިމަން ކަލޭގެފާނުގެ ހިސާބު ބެއްލެވުން ތިމަން ކަލޭގެފާނުގެ މައިންބަފައިން ނުވަތަ ޢާއިލާ އާއި ޙަވާލުކުރެއްވެވުމަށްވުރެ ތިމަން ކަލޭގެފާނު އެދިވަޑައި ގަންނަވަނީ ﷲ ތަޢާލާ ތިމަންކަލޭގެފާނުގެ ހިސާބު ބައްލަވައިދެއްވެވުމެވެ. އެހެނީ ތިމަން ކަލޭގެފާނުގެ ޢާއިލާއަށްވުރެ މާބޮޑަށް ﷲ ތަޢާލާއަށް އިތުބާރު ކުރަމެވެ."

ކޮންމެ މުސްލިމަކު ވެސް ހަމަ މިންވަރަށް ﷲ ތަޢާލާއަށް އިތުބާރުކޮށް ޔަޤީންކުރަންވާނެއެވެ. ދުޢާކުރަންވާނީ ހަމަ މިމިންވަރަށް ޔަޤީންކަންމަތީގައި ހުރެގެންނެވެ. އެފަދަ ޔަޤީންކަމާއިއެކު ހުރެ ދުޢާކުރާމީހާ އެއްވެސް މިންވަރަކަށް މާޔޫސް އެއް ނުވާނެއެވެ. މާޔޫސްވާން ނުވެސް ޖެހޭނެއެވެ.

ކަނޑަށް ތިނޯހެއް ކޮށްޕާލުމަށްފަހު ނެގުމުން ލޮނުގަނޑުން ލޮނު މަދުވާ

ދުޢާ ކުރުމުގައިވެސް އަދަބުތަކެއް އެބަހުއްޓެވެ. ވުޟޫކުރުމާއި ޤިބްލައަށް ކުރިމަތިލުމާއި ދެއަތް އުފުލުމާއި މަޑުމައތިރިކަމާއި މަޑުމޮޅިކަމާއިއެކު ދުޢާ ކުރުންފަދަ ގިނަ އަދަބުތަކެއް އެބަހުއްޓެވެ.

އެފަދަ ހުރިހާ ކަމެއްގެ ތެރެއިންވެސް ދުޢާ އިޖާބަކުރައްވަވަން އެދޭނަމަ އެންމެ މުހިންމު އެއްކަމަކީ ޔަޤީންކަމާއިއެކު ދުޢާކުރުން ކަމަށް މިބުނަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. ޔަޤީން ކުރަންޖެހޭ އެއްކަމަކީ ހަމަ އެކަނި ދުޢާ އިޖާބަ ކުރައްވަވާނެ ކަމެއް ނޫނެވެ. ތިމާ އާއިމެދު ދެރަ އެއްވެސް ގޮތަކަށް ﷲ ތަޢާލާ ކަންތައްތައް ނުކުރައްވަވާނެ ކަމެވެ.

ދުޢާކުރާ އެންމެންގެ ދުޢާ އެއްފަހަރާ އިޖާބަކޮށްދެއްވެވިނަމަވެސް ﷲ ތަޢާލާގެ ޚަޒާނާއިން އެ މިންވަރުވެސް މަދެއް ނުވާނެއެވެ. ހަމަ އެއާއިއެކު ނިކަން ވިސްނައިބަލާށެވެ. ދުނިޔޭގައި 2 ބިލިއަނެއްހައި މުސްލިމުން އުޅޭއިރު އެއިގެ ތެރެއިން ކިތައް މިލިއަން މީހުން ތިބޭނީ އަބަދުވެސް ދުޢާކޮށްކޮށް ނޫންހެއްޔެވެ؟ އެހެންކަމާއިއެކުވެސް އެ އެންމެންގެ ދުޢާތައް ހަމަ ވަގުތުން ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. އިރާދަކުރެއްވެވި އަޅެއްގެ ދުޢާ އެގެންދަވަނީ ވަގުތުންވެސް އިޖާކޮށްދެއްވަވަމުންނެވެ.

ޙާލަތްތައް ތަފާތުވެދާނެއެވެ. ޒަމާން ވެސް ތަރައްޤީ ވެދާނެއެވެ. ނަމަވެސް އިސްލާމް ދީނުގެ އެންމެހައި ކަންކަން ދެމިއޮންނާނެއެވެ. ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގުގައި ސާބިތުވެއްޖެނަމަ އަހަރެމެން ކުރާ ހުރިހައި ދުޢާއެއްވެސް އިޖާބަކޮށް ދެއްވަވާނެއެވެ!

--ޝައިޚް މަޖީދް މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން