ނަމާދަށް ފަރުވާކުޑަކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ޙަރާމްތަކެތި ކައިބޮއި ހެދޭކަމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނަމާދަށް ފަރުވާކުޑަކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ޙަރާމްތަކެތި ކައިބޮއި ހެދޭކަމެވެ!: މުފްތީ މެންކް

ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަން ހިތްވަރުލިބި އަވަސްވެގަންނަ ބައަކު އުޅެއެވެ. އަނެއް ބައަކީ އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރަން ފަސްޖެހޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ﷲ ތައާލާ އަންގަވާފައިވާ ކަންކަން ކުރަން އަވަސްވެގަންނަ މީހުންނެވެ.

ތިމާ ކައިބޮއި ހަދާތަކެއްޗަކީ ޙަލާލުތަކެތި ކަމުގައި ހަދަން ބުނެވޭ ބަހުގެ މާނައިގައި އެތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދާތަކެތިކަމުގައި ހެދުން ހިމެނެއެވެ. ވީމާ ޙަލާލް ނޫން ގޮތުގައި ހޯދާ ތަކެތި ނޫން ތަކެތި ކައިބޮއި ހަދާނަމަ އެކަމުގެ އަސަރު ވަރަށް ގިނަ ގޮތްގޮތުން އެމީހަކަށް ކުރާނެއެވެ. އެއިގެ ތެރޭގައި ބަންގީގެ އަޑު އިވުމުން ނަމާދުކުރަން އަވަސްވެގަންނަން ފަސްޖެހުން ހިމެނެއެވެ.

ވީމާ މީހަކު ދިން ނަމަވެސް ކިރިޔާވެސް ޝައްކެއްވާނަމަ ޙަރާމް ތަކެތި ނުކާށެވެ. އެއްވެސް ވަރަކަށް ބޭނުންނުކުރާށެވެ. އެއީ ޙަލާލުތަކެތިކަން ކަށްވަރުކުރުމަށްފަހުގައި ނޫނީ ނުކާށެވެ.

ވިސްނާށެވެ! ޞަޙާބީންނަށް ފަރިއްކޮޅު އެރުވޭއިރު އެތަކެތި ކައްކާފައިވަނީ ޙަލާލުގޮތުގައި ހޯދާފައިވާ ކަންވާރުގައިކަމާއިމެދު ކަންބޮޑުވެވަޑައިގެންނެވިއެވެ. އެހައިވަރަށް އެބޭކަލުން އެކަމަށް ސަމާލުކަން ދެއްވެވިއެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

މީސްތަކުންނޭވެ! ބިސްމިﷲ ކިޔާފައި ކެއިނަމަވެސް ޙަލާލްވާނީ ޙަލާލްތަކެއްޗެވެ. ޝައްކުގައިވާ ކަންކަން ހިމެނިގެންވަނީ ޙަރާމް ކަންކަން ކަމުގައި ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ތިމާއަކީ ފަރުޟު ނަމާދަށް ރައްކައުތެރިވެވޭ މީހަކު ކަމުގައި ވުމަށްޓަކައިވެސް މިކަންކަމަށް ސަމާލުކަންދޭށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން