އިންގްލަންޑްގެ ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވަނިކޮށް މާސްކް ދޫކޮށްލާ ކޮވިޑްފަހާ ދުވުން ނިމުމަކަށް ގެނެސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިންގްލަންޑްގެ ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވަނިކޮށް މާސްކް ދޫކޮށްލާ ކޮވިޑްފަހާ ދުވުން ނިމުމަކަށް ގެނެސްފި

މާސްކް ނޭޅުމަކުން އިނގިރޭސި އެއްވެސް ރައްޔިތަކު ކުށްވެރި ނުވާނެކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ. 

ކޮވިޑާ ހުއްޓުވަން އަލާފައިވާ ފިޔަވަޅުތައް އުވާލުމުގެ ސަބަބުން އާންމު ތަންތަނުގައާއި، ސްކޫލްގައި މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. އަދި ބޮޑެތި އިވެންޓްތަކަށް ދާއިރު ވެކްސިން ޖެހިކަން އެނގޭ ލިއުން ދައްކާކަށްވެސް ނުޖެހެއެވެ. އަދި ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި މާސްކް އަޅާކަށް ނުޖެހެއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އިންގްލެންޑްގެ އެއްވެސް ހިސާބެއްގައި ގާނޫނީގޮތުން މާސްކްއަޅަން މަޖުބޫރެއް ނުވާނެއެވެ.

އިނގިރޭސިވިލާތުގެ ވެސް ގިނަމީހުން ބުނަނީ މާސްކްއެޅުމަކީ ކޮވިޑުން ސަލާމަތްކޮށްދިނުމުގައި އެހީތެރިކަން ލިބޭ ކަމެއްކަން އެއްވެސް ހޯދުމަކުން ޔަޤީންކުރެވިފައި ނެތްނަމަވެސް މާސްކްއެޅުމަކީ އަރިދަފުސްރޯގާ ޖެހުން ދުރުކޮށްދޭ ކަމެއްކަން ތަޖުރިބާޚުރެވިފައިވާކަމަށެވެ.  

ކޮރޯނާ ފެތުރިގެން އައިދުވަސްވަރު ދުނިޔޭގެ ގިނަ އަދަދެއްގެ ޤައުމުތަކުގެ ވެރިންނަށް ކޮރޯނާ ޖެހުނީ އެންމެ އަގުބޮޑު، އެންމެ ރައްކާތެރިކަންބޮޑު މާސްކް އަޅައިގެން ތިބާކަމާއި އަތް ނުދޮންނާތީ ނޫންކަމާއި އަދި ގައިދުރުކަން ނުބަހައްޓައިގެން ނޫންކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން