މިސްކިތްތައް ކުޑަކަމުދާން ދޫކޮށްލާފައި ހޯމް މިނިސްޓަރު އަމިއްލަ ބޭނުމަށް ބޮޑީ ގާޑުން ގެންގުޅެން އަދިވެސް ލަދުގަންނަން ނުވަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މިސްކިތްތައް ކުޑަކަމުދާން ދޫކޮށްލާފައި ހޯމް މިނިސްޓަރު އަމިއްލަ ބޭނުމަށް ބޮޑީ ގާޑުން ގެންގުޅެން އަދިވެސް ލަދުގަންނަން ނުވަނީތަ؟

ފަތިސް ނަމާދަށް ފެށިއިރުވެސް އޭނާ އޮތީ ނިދާފައެވެ. ކޮންމެވެސް ބައަކު އޭނާ ހޭލައްވައި ނަމާދުކުރަން ބުނުމުން އައިސް ފަހަތު ސަފުގައި ހުއްޓުނެވެ. ނަމާދުނިމުނުއިރު އަނެއްކާވެސް އޮތީ ފަހަތަށް ގޮސް ނިދާފައެވެ. 

ނަމާދަށްހުރިތަނުގައި ކުޑަކަމުދާއެއްޗެތި ހުއްޓެވެ. ފުލުހުންނަށް ގުޅުމުން އައެވެ. ތަރުޖަމާނުބުނީ ނިދަންއޮތީތީ ނަޞޭޙަތްދީފައި ދޫކޮސްލީކަމަށެވެ. ކުޑަކަމުދިއުމާއިބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބެއް ނުދިނެވެ. 

މިއީ ރޭގެ ކުރީރޭ ވިޔަފާރިވެރިންގެ މިސްކިތުގައި ހިނގާފައިވާ ކަމެކެވެ. 

3 ދިވެހި ރައްޔިތެއްގެ ސެކިޔުރިޓީއަށް އެކަނި އެތައް ސަތޭކަ މިލިއަނެއް އެބަ ކަރަދުކުރެއެވެ. ހޯމް މިނިސްޓަރާ އެމްޕީންގެ ވަށައިގެން ހަށިފާރަވެރިންނެވެ. ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަސް ކުޑަކަމުގޮސް އެމީހަކު ބޭނުންހައިކަމެއް ކުރަން ދޫކޮށްލެވިފައެވެ. 

- އެކަމަކުވެސް ސަރުކާރު އިސްލާމެވެ!

މިއަދު އޮންލައިން