ދަރިވަރުންނަށް ކިޔަވައިދެއްވާ ބޭފުޅާގެ މޫނު ފެނުމަށްވުރެ މުހިއްމު ކަމަކީ އޭނާގެ ކިބައިން ނަމޫނާ ފެނުން. މިގޮތުން ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން ޢައުރަނިވާކޮށްގެން ތިބެން ނާންގަވަނީ ކީއްވެތޯ؟
"ލިބިވަޑައިގަންނަވާ މުސާރައިން ޢައުރަ ނިވާވާ ވަރުގެ ހެދުން ފާހާނެ ފޮތި ގަންނާނެހާ ނުވަނީތޯ؟ ނޫންނަމަ الله އާއި ރަސޫލާ ﷺ ގެ އެންގެވުންތަކަށް ގޮންޖެއްސެވުމުގެ ގޮތުން ނިވާ ނުކުރައްވަނީތޯ؟ ތިމާ ނަރަކައަށް ދާން ބޭނުންވިޔަސް ސުވަރުގެ ދާން ބޭނުން މީހުންނަށް ހުރަސް ނާޅުއްވާށެވެ."
(މިއީ އިސްލާމް ދީނަށް އަދާވާތްތެރިވުމުގަ ހައްދުފަހަނައަޅާފައިވާ ވަޒީރަށް ވިދާޅުވެފައިވާ ބަސްފުޅެއް ކަމަށް ބެލެވެއެވެ.)
ނުބައިކަމެއް ކޮށްފައި ތިމަންމެން އެކަންކުރީ ވަރަށް ހެޔޮނިޔަތުގަޔޭ ބުނެ އޮޅުވާލަން މަސައްކަތް ކުރުމަކީ ރަސޫލާ ﷺ ގެ ޒަމާނުގައި އުޅުނު މުނާފިޤުންވެސް ކޮށްއުޅުނު ކަމެކެވެ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް .