މިޙަދީތައް ވިސްނައިގެން ކިޔައިފިނަމަ ހިތްދަތިކަން ފިލައިގެންދާނެ! ހުރެވޭނީ މުޞީބާތެއް ކުރިމަތިކުރެއްވެވުން އެދިއެދި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މިޙަދީތައް ވިސްނައިގެން ކިޔައިފިނަމަ ހިތްދަތިކަން ފިލައިގެންދާނެ! ހުރެވޭނީ މުޞީބާތެއް ކުރިމަތިކުރެއްވެވުން އެދިއެދި!

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކިތަންމެ ކުޑަކުޑަ މުޞީބާތެއް، ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް އެއީ މާބޮޑުކަމެއް ދެކި ކަންބޮޑުވެގެން އުޅޭ ބައެކެވެ. އެހެނަސް ކަމުގެ ޙަޤީޤަތަށް ބަލައިލަމާހެއްޔެވެ؟

ޙަޤީޤަތަކީ ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަކީ، ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގެންނަވާކަމުގެ ޢަލާމާތެއްކަމެވެ. އަދި އެއީ ސުވަރުގެ އަށް ވާސިލު ވުމަށް ތިބާއަށް ކޮށިގެންދާ މަގެއްކަމުގައި ވެގެންދާކަމެވެ.

ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.

(إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ)

މާނައީ: "ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަލިބުންވަނީ، ބޮޑުވެގެންވާ މުޞީބާތް ކުރިމަތި ވުމަށް ފަހުގައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުންދެކެ ލޯބި ވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ރުއްސެވުން އެމީހެއްގެ މައްޗަށްވެއެވެ. އަދި އެކަމާއި ނުރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ކޯފާ، އެމީހެއްގެ މައްޗަށްވެއެވެ."

(السلسلة الصحيحة) 1 / 227

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން