"ދަތި އުނދަގޫ ހާލަތަކީ ކަނު އަނދިރިކަން ފަދަ ކަމެކެވެ. އެހެން އެވަނީ ދެން ކުރިމަތިވާނެ ކަންކަން ނުއެނގޭތީއެވެ. އެ ޙާލަތުގައި މުޅި ދުނިޔެ ބަންދުވެފައިވާ ކަމަށް އިޙްޞާޞް ކުރެވޭނެއެވެ.
މިއީ އިންސާނާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެންމެ ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. ﷲ ތައާލާއަށް ވަކީލުކޮށް ތިމާއަށް ދެރަވާނެ ގޮތަކަށް ﷲ ތަޢާލާ ކަންކަން ނުނިންމަވާނެ ކަމަށް އިތުބާރުކުރަންވީ ވަގުތެވެ.
މި ގޮތަށް އަމަލުކޮށްފިނަމަ އެ ޙާލަތުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކޮށްދެއްވަވާނެތެވެ. ހިތަށް ހަމަޖެހުން ލިބޭނެ ގޮތަށް ކަންކަން މެދުވެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ."
– މުފްތީ މެންކް
މުފްތީ މެންކުގެ މި ބަސްފުޅުން އެނގިގެންދަނީ ދަތި އުނދަގޫ ހާލަތުގައި ﷲ ތަޢާލާ އަށް ވަކީލުކުރާ މީހުންނަށް އެކަލާނގެ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ ކަމެވެ. ވީމާ ކުރަން އޮތް ކަމަކީ ކޮންމެ ވަގުތަކު ވެސް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވިސްނައި އެފަދަ ޙާލަތެއް ކޮންމެ ވަގުތަކު މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ވަކީލު ކުރެވޭނެ ގޮތަށް މީހާގެ އަމަލުތައް އަބަދުވެސް ސީދާކޮށްފައި ބެހެއްޓުމެވެ.
ތިމާޢަށް ހަމަޖެހުން ލިބުމުން ނުވަތަ އުމުރުން ދުވަސްވުމުން ތައުބާވާން މަޑުނުކޮށް އަބަދުވެސް ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހަކަށްވެގެން ނޫނީ ހަމައެކަކަށްވެސް ސަލާމަތްކަމެއް ނެތެވެ