އިބުނު އުޔައިނާ ރަޙިމަހުﷲ- ޙަދީޘްފުޅެއް ރިވާކުރައްވަވާނަމަ ކީރިތި ކުރެއްވެވުނު ބޭކަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
އިބުނު އުޔައިނާ ރަޙިމަހުﷲ- ޙަދީޘްފުޅެއް ރިވާކުރައްވަވާނަމަ ކީރިތި ކުރެއްވެވުނު ބޭކަލެއް!

އިބުނު ޢުޔައިނާ ރަޙިމަހުﷲ އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއް ރިވާކުރައްވާނަމަ އެކަލޭގެފާނަށް ކުރާ އަސަރުގެ ބޮޑުކަމުން ލޮލުން ފެން އައިސް ކީރިތި ކުރެއްވެއެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި އޮންނަ ފޮށާކޮޅު ލޮލުގެ މަތީގައި އަޅުއްވަމުން ވިދާޅުވެއެވެ. ފަހެ ރޯގާކަންތައް ބޮޑުވެއްޖެއެވެ. ރޯގާކަންތައް ބޮޑުވެއްޖެއެވެ. (ރޯކަން ފޮރުއްވުމަށްޓަކައެވެ)

އިބުނު އުޔައިނާ ރަޙިމަހުﷲ-: 

އެކަލޭގެފާނުގެ ނަންފުޅަކީ ސުފްޔާން ބިން ޢުޔައިނާއެވެ. އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 107 ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނާއި ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. މާލިކާއި އިބުނު އުޔައިނާ ނުވާނަމަ ހިޖާޒުން އިލްމު ހިނގައްޖަހީއެވެ.

އެކަލޭގެފާނުގެ އަރިހުން ޙަދީޘްދިވާކުރެއްވި ބޭކަލުންތެރޭގައި އިމާމު ޝާފިޢީ އަދި އިމާމް އަހުމަދު ބިން ޙަންބަލް އަދި އަބްދުއްރައްޒާޤު ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 198 ވަނަ އަހަރުއެވެ.

- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން