ކިތަންމެ މަސައްކަތްބުރަނަމަވެސް ޖަނާޒާތަކުގަ ބައިވެރިވާށެވެ! އެއީ އެތައް ގަޑިއިރަކު ކުރާ އަޅުކަމަށްވުރެ ގިނައިން ޘަވާބު ދެއްވަވާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކިތަންމެ މަސައްކަތްބުރަނަމަވެސް ޖަނާޒާތަކުގަ ބައިވެރިވާށެވެ! އެއީ އެތައް ގަޑިއިރަކު ކުރާ އަޅުކަމަށްވުރެ ގިނައިން ޘަވާބު ދެއްވަވާ ކަމެކެވެ!

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنِ اتَّبَعَ جَنَازَةَ مُسْلِمٍ، إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ» [رواه البخاري / كتاب: الإيمان / باب: خوف المؤمن من أن يحبط عمله وهو لا يشعر / رقم: 47]

މާނައީ: "މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އެކަމުން ލިބޭ ޘަވާބަށް އީމާންވެ އަދި އެކަމަށް އެދިގެން، އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމެންދެން އެކަމުގައިވާ މީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ އެނބުރި އެއަންނަނީ ދެ ޤީރާޠުގެ އަޖުރާއިގެންނެވެ. ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދައާ އެއްވަރެވެ."

މިހާރަކަށް އައިސް ޖަނާޒާތަކުގައި ބައިވެރިވަނީ ވަރަށް މަދު މީހެކެވެ. އަދި ގިނަ ބައަކު ކިރިޔާވެސް ސަމާލުކަން ދެނީ އެމީހެއްގެ ވަރަށް ގާތް މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. މަރުވީ ކާކުކަން ބެލުމެއް ނެތެވެ. އެއީ ކޮންމެ މުސްލިމަކު ނަމަވެސް އޭނާގެ ޖަނާޒާގައި ބައިވެރިވުމުން ޘަވާބު ދެއްވަވާނީ އެއްވަރަކަށެވެ. އޭނާ އާއި ތިބާ އާއި ހުރި ގާތްކަމަކުން ނޫނެވެ.

އުހުދު ފަރުބދައަިގެ ދެ ފަރުބަދައާއި އެއްވަރަށް ލިބެން އޮތް، އެހައިގިނަ ޘަވާބު ނުހޯދައި ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން