ބައިވެރިޔާ ނުބައިކޮށް ކަމެއް ނުކުރާހާ ހިނދަކު މާދަމާ ކަންކަންކޮށްފާނެ ގޮތަކާއިމެދު ނުވިސްނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބައިވެރިޔާ ނުބައިކޮށް ކަމެއް ނުކުރާހާ ހިނދަކު މާދަމާ ކަންކަންކޮށްފާނެ ގޮތަކާއިމެދު ނުވިސްނާށެވެ!

ކައިވެނި ރޫޅެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ބަިވެރިޔާ މާދަން ކަމެއްކޮށްފާނެ ގޮތާއިމެދު ޝައްކުއުފެދިގެން ބުނެވޭ ބަސްތަކާއި ޢަމަލުކުރެވޭ ގޮތް ހިމެނެއެވެ. އަދި މިގޮތަށް ކަންކަން ދިމާވުން ދަނީ ގިނަވަމުންނެވެ. މިއީ ވިސްނާލަން ޖެހިފައިވާ ކަމެކެވެ.

ބައިވެރިޔާގެކިބައިން ނުބައިކަމެއް ނުފެންނަހައި ހިނދަކު ބައިވެރިޔާއަށް ޝައްކުނުކުރާށެވެ. މާދަމާ ކަންކަން ކޮށްފާނެ ގޮތަކާއިމެދު ކަންބޮޑުނުވާށެވެ. އެމީހަކަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަންކަން ކުރަމުން ގެންދާށެވެ. މާދަމާ ކަންކަން މެދުވެރިވެދާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ މާދަމާގެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކޮށްގެން ދިރިއުޅެމުން ގެންދާށެވެ.

މިއީ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް މިކަމުގައި ޢަމަލުކުރަން އޮތްގޮތެވެ. މިބަޔާންކުރާ ޙަދީޘްފުޅުން އެކަން ވަރަށް ބޮޑަށް އެނގިގެންދާނެއެވެ.

އެކަލޭގެފާނު صلى الله عليه وسلم – ކިޔަވާ ވިދާޅުވިއެވެ.

﴿إِنَّ اللهِ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللهَ عَلِيمٌ خَبِيرٌ﴾ [لقمان: 34]

މާނައީ: "ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ ﷲ ގެ ޙަޟްރަތުގައެވެ. އަދި އެއިލާހު ވާރޭ ވެއްސަވައެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެއެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން