ތިބާގެ އުފާވެރިކަން އެއްވެސް މީހަކު ޖަހައިގަތަ ނުދޭށެވެ.!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ތިބާގެ އުފާވެރިކަން އެއްވެސް މީހަކު ޖަހައިގަތަ ނުދޭށެވެ.!: މުފްތީ މެންކް

އެހެން އެއްވެސް މީހެއްގެ ސަބަބުން ގެއްލުވާލައިގެން ނުވާނެ 3 ކަމެއް ފާހަގަކޮށްލާނަމެވެ.

1 ތިބާގެ އުފާވެރިކަން އެއްވެސް މީހަކު ޖަހައިގަތަ ނުދޭށެވެ.

2 އެއްވެސް މީހެއްގެ ނުފޫޒުން ތިބާގެ އޯގާތެރިކަމާއި ދީލަތިކަން އެހެން މީހުންނަށް ފޯރުވުން ހުއްޓުވިއަ ނުދޭށެވެ.

3 އެއްވެސް މީހަކު ބުނާ ތިބާގެ ހިތުގައި ޖެހޭ ފަދަ ބަސްތަކުން ނުވަތަ ކުރާ އަނިޔާއަކުން ތިބާއަކީ ނިކަމެތި ނުކުޅެދޭ، ފިރުކެން ޖެހޭ މީހަކަށް ނުވާށެވެ. އަދި އެމީހަކަށް މާފު ނުކުރެވޭ ވަރުގެ މީހަކަށްވެސް ނުވާށެވެ.

އަދި މިފަދަ އެއްވެސް ކަމަކާއި ގުޅިގެން ކަންބޮޑުވެ ގޮތް ހުސްވާ މީހަކަށް ނުވާށެވެ! ތިބާއަށް ކުރިމަތިވާ ހުރިހާ ކަމެއް 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކޮށްގެން އަބަދުވެސް ހުންނާށެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން