ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ވަރަށް ގިނައެވެ. އެކަންކަން އެނގޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. އުރުދުންގައި ހުރި އެ ގަހެއްގެ ދަށުގައި ރަސޫލް (ﷺ) އިށީނދެވަޑައިގެންނެވި ގަހާއިމެދު ނިކަން ވިސްނައިލަބަލާށެވެ! އެގސް ފިޔަވާ މުޅި އެ ސަހައްދުންވެސް އެފަދަ ފެހިކަން، ދިރުންހުރި ގަހެއް ނުފެނެއެވެ.
ޔަޤީންކޮށްލައްވަން ލިޔުމުގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.
އެގަހާއިމެދު އަޝްރަފް ޢަލީ (ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް) ވިދާޅުވެފައިވެއެވެ.
"މިއީ އެ ގަހެއްގެ ދަށުގައި އަޅުގަނޑުމެންގެ ލޮބުވެތި އިތުރު މާތް ނަބިއްޔާ، މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް އިށީނދެވަޑައިގެންނެވި ގަހެކެވެ. މި ގަސް ހުންނަނީ އުރުދުންގައެވެ. މިއަދާއި ހަމައަށް މި ގަސް ދިރި ހުރިކަމީ މުޢުޖިޒާތެއްކަމާއިމެދު ޝައްކެއް ނެތެވެ."
ގުޅުންހުރި ވީޑިއޯ:
https://www.youtube.com/watch?feature=youtu.be&v=PClLuWpWnxQ&app=desktop