ޙައްޖާޖު އަނިޔާވެރި ގޮތުގަ ހައްޔަރުކުރި 3 މީހުން އެއްފަހަރާ ދޫކޮށްލަން މެދުވެރިވި ސަބަބު! ސަމާލުކަން އިތުރުކުރަންޖެހިފައިވާ މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޙައްޖާޖު އަނިޔާވެރި ގޮތުގަ ހައްޔަރުކުރި 3 މީހުން އެއްފަހަރާ ދޫކޮށްލަން މެދުވެރިވި ސަބަބު! ސަމާލުކަން އިތުރުކުރަންޖެހިފައިވާ މުހިންމު ފިލާވަޅެއް!

އަލްހައްޖާޖަކީ ހަރުކަށި އަނިޔާވެރި ގޮތުގައި ވެރިކަންކުރި މީހެކެވެ. އޭނާގެ ވެރިކަމުގައި އެއް އަންހެނަކަށް ނިޞްބަތްވާ 3 ފިރިހެނުން، އޭނާގެ އަޚާ، އޭނާގެ ފިރިމީހާ އަދި އޭނާގެ ފިރިހެންދަރިފުޅު ހައްޔަރުކުރިއެވެ. އެ 3 މީހުން އެކަމުން ސަލާމަތްކުރެވޭތޯ އެ އަންހެން މީހާ އަލްޙައްޖާޖް ޢާއި ބައްދަލުކުރިއެވެ. 

އަލްޙައްޖާޖު އަންހެންމީހާއަށް ދިނީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހުނު ޖަވާބެކެވެ. ބުނީ އެތަނުން އެކަކު މިނިވަންކޮށްދީފާނެ ކަމަށާއި ރަނގަޅަށް ވިސްނާފައި އައިސް މިނިވަންކުރަން ބޭނުންވަނީ ކާކުކަން މާދަމާ ބުނުމަށެވެ.

ވިސްނާށެވެ! އެކަކީ އޭނާގެ މުޅި ދިރިއުޅުން އެމީހަކާއި ގުޅިފައިވާ ފިރިމީހާއެވެ. ދެވަނައަސް ހުރީ ބަނޑުއަޅައި ވިހައި ގެންގުޅެ ބޮޑުކުރި ނުހަނު ލޯބިވާ ދަރިފުޅެވެ. ދެންހުރީ ރަހިމުގެ ގުޅުން އޮތް ނުހަނު ލޯބިވާ އަޚެކެވެ. މިތަނުން މިނިވަންކުރާނީ، ނުކުރަންވީ ކާކު ހެއްޔެވެ؟ 

ކޮންމެއަކަށް އަނެއް ދުވަހު އޭނާ ގޮސް އެދުނީ އޭނާގެ އަޚާ މިނިވަންކުރުމަށެވެ. އެކަންވީ އަލްހައްޖާޖް ވަރަށް ޙައިރާން ކުރުވަނިވި ކަމަށެވެ. އޭނާ ހީކޮށްގެން ހުރީ ފިރިމީހާ ނުވަތަ ދަރިފުޅު މިނިވަންކޮށްދޭން އެދޭނެ ކަމަށެވެ. އެހެންވެ އަޚު މިނިވަންކުރަން އެދުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. 

އަންހެން މީހާ ބުންޏެވެ. "އެއީ އަހަރެންގެ މަންމަ އާއި ބައްޕަދެކެ ލޯބިވާތީއެވެ. އެދެމީހުން ދުނިޔޭގައި ތިބިނަމަ މިނިވަންކުރަން ބޭނުންވާނީ އަޚެވެ. އެމީހުންގެ ދަރިފުޅެވެ. އެހެންވެ އެމީހުން ދުނިޔޭގައި ނެތް ނަމަވެސް އެމީހުން އުފާވާނެ ގޮތަށް ކަންތައްކުރީއެވެ." 

އަލްޙއްޖާޖުފަަދ ހަރުކަށި ނުލަފާ މީހާގެ ހިތަށްވެސް މިޖަވާބުން ވަރަށް އަސަރުކުރިއެވެ. އަދި އެ 3 މީހުން އެކުގައި މިނިވަންކޮށްދިނެވެ. މިވީ ކިހިނަކުންހެއްޔެވެ؟ މިވީގޮތަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް އެ އަންހެންމީހާއަށް ޢަމަލުކުރެވުމުން އެކަލާނގެ ރުހިވޮޑިގަތުން މިންވަރުކުރެއްވެވީއެވެ. ރަޙްމަތް ލެއްވެވީއެވެ. ﷲ ތަޢާލާ ރަޙްމަތް ލެއްވެވުމުން ޙާޞިލުނުކުރެވޭނެ އުފަލެއްވެސް އެހެންކަމެއްވެސް ނުއޮންނާނެއެވެ. 

މީސްތަކުންނޭވެ! މި ހާދިސާއިންވެސް އެނގިގެންދަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމެވެ. ރަޙިމުގެ ގުޅުން ދަމަހައްޓާނަމަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެވެ. އަދި ރަހިމުގެ ގުޅުން ކަނޑައިފި މީހަކަށް ﷲ ތަޢާލާ ގުޅުން ކަނޑުއްވަވާނެ ކަމަށް އޮތް ބަސްފުޅު ހަނދާންކުރާށެވެ!  

So important is the duty of maintaining blood relations that Allah says in a Qudsi hadith, “I am the Most Merciful, I created Ar-rahim and I cut out a name for it from my name, so whoever keeps good ties with it, I will keep good ties with him, and whoever cuts it off, I will cut him and finish him off.” 

A man said to the Messenger of Allah (SAW), “I have relatives with whom I try to keep in touch, but they cut me off. I treat them well, but they abuse me. I am patient and kind towards them, but they insult me.” • The Prophet (SAW) said, “If you are as you say, then it is as if you are putting hot dust in their mouths. Allah will continue to support you as long as you continue to do that.” (Reported by Muslim) 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން