ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ހުރިހާ އަޅުކަމެއްގެ ތެރެއިންވެސް ރަސޫލާ (ޞޢޥ) އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ހުރިހާ އަޅުކަމެއްގެ ތެރެއިންވެސް ރަސޫލާ (ޞޢޥ) އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދަށް!

މިޒަމާނުގައި ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ރަސޫލާ (ޞޢޥ) އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދަށެވެ! މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހިފައިވާ ކަމެކެވެ.

ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ގޮތުގައި ރަސޫލް ﷺ އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި އަޅުކަމަކީ ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތެވެ. އެކަމުގެ މިސާލު ދައްކަވަމުން އެކަމަނާ ވިދާޅުވެފައިވަނީ ހަނގުރާމައެއްގައި ނަޞްރު ލިބުމުން ޣަނީމާ މުދާ އެއްކުރަން ނުވަތަ ލިބިގަންނަން މީސްތަކުން އަވަސްވެގަންނަވަރަށްވުރެވެސް ބޮޑަށް ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއްވެވުމަށް ރަސޫލާ ﷺ އަވަސްވެވަޑައިގަންނަވާ ކަމަށެވެ.

މިވާހަކަ ދައްކާއިރަށް ބުނާނީ ތިއަ ހަދީޘް އެނގޭކަމަށެވެ. ކިތަންމެ ގިނަ އަދި ކިތަންމެ ފައިދާ ބޮޑު ޙަދީޘްތަކެއް އެނގުނު ނަމަވެސް ފައިދާކުރާނީ ޢަމަލުކުރުމުންނެވެ. ނޫންނަމަ ކުރާނެ ފައިދާއެއް ނެތެވެ.

މިޙަދީޘަކީ އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޙަދީޘެކެވެ. ނަމަވެސް ޢަމަލުކުރެވެނީ ހާދަ މަދު މީހަކަށެވެ. އާދޭސްކޮށްފައި ބުނަމެވެ. ޤަޟާއަށް ފަތިސްނަމާދުކުރިނަމަވެސް ފުރަތަމަ އިހުސުންނަތް ކުރާށެވެ. އަދި ފަތިސް ނަމާދުގެ އިހުސުންނަތްކޮށްގެން ޖަމާޢަތުގައި ފަތިސްނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން