އެބައެއްގެ ނޭފަތް ހިރަފުހުން ފުރުއްވެވުން އެދި ރަސޫލް (ޞޢޥ) ދުޢާ ކުރެއްވެވި 3 ބާވަތުގެ މީހުންވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އެބައެއްގެ ނޭފަތް ހިރަފުހުން ފުރުއްވެވުން އެދި ރަސޫލް (ޞޢޥ) ދުޢާ ކުރެއްވެވި 3 ބާވަތުގެ މީހުންވެއެވެ!

އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ، وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ، وَرَغِمَ أَنْفُ رَجُلٍ أَدْرَكَ عِنْدَهُ أَبَوَاهُ الكِبَرَ فَلَمْ يُدْخِلاَهُ الجَنَّةَ» [رواه الترمذي وصححه الألباني]

މާނައީ: "އެމީހެއްގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔައިފިމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ. އަދި ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމުނުއިރުވެސް އެމީހެއްގެ ފާފަ ނުފުއްސުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ. އަދި މުސްކުޅި މަންމައަކާއި ބައްޕައެއް ލިބި، އެދެމީހުންގެ ސަބަބުން ސުވަރުގެއަށް ނުވަދެވުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ. (އެބަހީ: އެދެމީހުންނަށް ހެޔޮކޮށް ނުހިތުމުގެ ސަބަބުން ސުވަރުގެއަށް ނުވަދެވުނު މީހާއެވެ.)"

"رَغِمَ أَنْفُ رَجُلٍ މިޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި، އެފަދަމީހުންގެ މައްޗަށް ކުރައްވާފައިވާ ބަދު ދުޢާއެކެވެ."

މަސްޖިދުއްނަބަވީގެ އިމާމް الشيخ صلاح البدير –حفظه الله–

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން